ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ހަރަކާތްތަކަށް ސްކޫލުތައް ދެނީ އެމްޑީޕީއަށް އެކަނިކަމަށް ބުނެ އުޝާމްގެ ފާޑުކިއުން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެހި ހަރަކާތްތަކަށް، ސަރުކާރުގެ ސްކޫލުތައް ބޭނުން ކުރުމުގެ ހުއްދަތައް ދޫކުރާއިރު އެ ފުރުސަތު އެހެން ޕާޓީތަކަށް ހަމަހަމަ އުސޫލުން ނުދޭތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވެ، ކެމްޕެއިން ހަރަކާތްތަކަށް ބޭނުންވާ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތްތަކަށާއި އެކި ބައްދަލުވުންތަކަށް ސަރުކާރު ސްކޫލުތައް ދޫކުރަނީ ހަމައެކަނި އެމްޑީޕީއަށް އެކަނިކަމަށް ބުނެ މީގެ ކުރިން ވެސް ފާޑުކިއުންތައް އަމާޒުވި އެވެ. އެކަމަކު ސްކޫލު ދަރިވަރުންގެ އެކި ކްލާސްތައް ކުރިޔަށް ދާ ވަގުތުތަކާއި ދިމާކޮށް ވެސް ހޯލުތައް ދޫކުރާތީ އާއި ދަރިވަރުންގެ ކުރިމަތީ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ މައްސަލަތައް ހޫނުވެފައި ވާތީ އެކަމާ ބެލެނިވެރިން އަބަދުވެސް ކަންބޮޑުވުންފާޅު ކުރެ އެވެ.

އަންހެނުންނަށް ހާއްސަކޮށްގެން އެމްޑީޕީން ހިންގާ ވޯކްޝޮޕެއް ދަރުމަވަންތަ ސްކޫލުގައި ހިންގާތީ އެކަމަށް ފާޑުވިދާޅުވެ އުޝާމް މިއަދު ކުރި ޓުވީޓެއްގައި ވަނީ ސިޔާސީ ހަރަކާތްތައް ހިންގުމަށް ސްކޫލުތަކުގެ ހޯލުތައް ހޯދުމުގެ ހުއްދައަށް އެދި އެހެން ޕާޓީއަކުން ހުށަހެޅުމުން އެއީ މަނާކަމެއްގެ ގޮތުގައި އަންގާ ކަމަށެވެ. އަދި ސިޔާސީ ކަންކަމަށް ސަރުކާރުގެ ސްކޫލުތައް ބޭނުން ކުރެވެނީ ހަމައެކަނި އެމްޑީޕީއަށް ތޯ ސުވާލު އުފައްދައި އުޝާމް ވިދާޅުވީ ސިޔާސީ އެހެން ޕާޓީއަކުން ޖަލްސާއެއް ހޯދުމަށް އެދުމުން އެޑިއުކޭޝަނުން އެ ހުއްދަ ދޫނުކުރި ކަމަށެވެ.

އުޝާމް ވިދާޅުވީ މިއީ އިންސާފު ނޫން ކަމަށެވެ. އެހެންކަމުން އެކަމުން ވެސް ސާފުވަނީ، މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ މިނިވަންކަން ގެއްލިފައިވުންކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން މީގެކުރިން ވެސް މި ޝަކުވާ ހުށަހެޅިކަމަށާއި، އެކަމަކު ލިބުނު ހައްލެއް ނެތްކަމަށް އުޝާމް ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ގޯސްވިއިރު، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުންތައް ކުރިޔަށް ގެންދިޔަ ސްކޫލުތަކުގެ ބެލެނިވެރިން އެކަމާ ކަންބޮޑުވުންފާޅުކޮށް ސްކޫލުތަކުގައި ސިޔާސީ ހަރަކާތްތައް ނުހިންގުމަށް ގޮވާލި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: