ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިނަލްއަގުވާމީ ދުނިޔެއިން ސައުދީ އެކަހެރިވެގެންދާން ބޭނުމެއް ނޫން: ހަނާން ކަށޯޖީ

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް އަދި ސައުދީގެ ވަލިއުލްއަހުދު މުހައްމަދު ބިން ސަލްމާން: ފޮޓޯ/ ސޯޝަލްމީޑއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލެވިފައިވާ މަޝްހޫރު ނޫސްވެރިޔާ ޖަމާލް ކަށޯޖީގެ މަރުގެ ސަބަބުން، ސައުދީއަރަބިއްޔާއަށް އެމެރިކާ ފަދަ ގައުމުތަކާއި މުއާމަލާތްކުރަން ދަތިވެ އެކަހެރި ގައުމަކަށް ވެގެން ނުވާނެކަމަށް އޭނާގެ އަނބިކަނބަލުން ހަނާން ކަށޯޖީ ބުނެފިއެވެ.

ތުރުކީގައި ހުންނަ ސައުދީ އެމްބަސީއަށް ދިއުން މަރާލެވިފައިވާކަމަށް ބުނާ މަޝްހޫރު ބައިނަލްއަގުވާމީ ނޫސްވެރިޔާގެ އަނބިކަނބަލުން ހަނާން ބައިނަލްއަގުވާމީ މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ، ޖަމާލްގެ ގައުމުގެ ރައްޔިތުންނަށް އެ ގައުމުގެ މަދު ބަޔަކު ހިންގި އަމަލެއްގެ ސަބަބުން ދަތިތަކެއް ކުރިމަތިވާން ނުޖެހޭނެކަމާއިމެދު އޭނާވެސް އެއްބަސްވާނެކަމަސެވެ.

ހަނާން މިފަދައިން ވިދާޅުވީ، ސައުދީ އަދި އެމެރިކާ ދެމެދު ގޮލްފް ކުޅިވަރާއި ގުޅޭ އެއްބަސްވުމެއް ގާއިމުކުރެވުމާއިއެކު، އެ ގައުމަށް ފާޑުކިޔުންތައް އަމާޒުވަމުންދަނިކޮށެވެ. ސައުދީ އިންވަނީ އެމެރިކާގެ ގޮލްފް މާކެޓަށް އެތައް ބިިލިއަން ޑޮލަރެއް ހަދަުކުރުމަށް ނިންމާފައެވެ. އެ ގައުމުން މި ފިޔަވަޅު އަޅާފައިވަނީ އެތައް ފަރާތަކުން އެ ގައުމަށް އިންސާނީ ހައްގުތައް ގެއްލުވާލުމުގެ ތުހުމަތުތައް އަމާޒުކުރަމުންދާއިރުއެވެ.

އެމެރިކާގެ ސެނެޓުގެ ފައިނޭންސް ކޮމިޓީއިންވަނީ ސައުދީ އަދި އެމެރިކާއިން ބަދަހި ކުރަމުންދާ ގުޅުމާއިމެދު ކަންބޮޑުވުންތައް ހުރިކަން ހާމަކޮށް، އެ ގައުމުގެ ސަބަބުން އެ ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުމަށް މަސައްކަތްތައް ފަށާފައެވެ.

ޖާމާލްގެ އަނބިކަނބަލުން ހަނާން ކަށޯޖީ ވިދާޅުވެފައިވާގޮތުން، ބައިނަލްއަގުވާމީ ދުނިޔޭގައި ސައުދީ ވަކިވެ އެކަހެރި ކުރެވިފައިވާ ގައުމެއްގެ ގޮތުގައި އޮތުމަށް އޭނާ ނޭދެއެވެ. އޭނާ ވިދާޅުވީ، އޭނާ އެފަދަ ގޮތަކަށް ނޭދެނީ، ޖަމާލް އޭނާގެ ގައުމަށް އެފަދަ ގޮންޖެހުމެއް ކުރިމަތިވުމަށް ނޭދޭނެކަމަށްވުމުންނެވެ.

އޭނާ ވިދާޅުވީ، ސައުދީ އަދި އެމެރިކާ ދެމެދު ގާއިމު ކުރެވިފައިވަނީ އެހެނިހެން ގައުމުތަކާއިއެކުވެސް ވެވޭ ފަދަ ކުޅިވަރާއި އިގްތިސާދީ އަދި ސިޔާސީ އެއްބަސްވުމެކެވެ. އޭނާ ވިދާޅުވީ، އޭނާ ސައުދީ އަށް އެއްވެސް ދަތިތަކެއް ކުރިމަތިވުމަށް ނޭދޭކަމަށެވެ. އޭނާ ވިދާޅުވީ، އެ ގައުމުގައި ތިބި 20 ވަރަކަށް މީހުންގެ ސަބަބުން ދަތިތައް ކުރިމަތިވެގެންދަނީ އެންމެހާ ރައްޔިތުންނަށްކަމަށެވެ. އޭނާ ވިދާޅުވީ، އެ ފަރާތްތަކަކީ ކުށްވެރިންތަކެއްކަމަށެވެ.

މަޝްހޫރު ނޫސްވެރިޔާ ޖަމާލް ކަށޯޖީ މަރާލެވިފައިވަނީ ތުރުކީގައި ހުންނަ ސައުދީގެ އެމްބަސީއަށް އޭނާ ޒިޔާރަތްކުރި ދަނޑިވަޅެއްގައެވެ. އެމެރިކާއިންވަނީ މީގެ ކުރިން އެކަން ޔަގީންކޮށްދީ، ސައުދީގެ ވަލީއުލްއަހުދު މުހައްމަދު ބިން ސަލްމާނަށް އެކަން ކުރުމަށް ހުއްދަ ދިންކަމުގެ ތުހުމަތުކޮށްފައެވެ. އެމެރިކާގެ އޮފިޝަލުން ބުނެފައިވާގޮތުން، ކަށޯޖީ މަރާލުގައި ކީސް ފަދަ ތަކެތީގެ ބޭނުންކުރެވިފައިވެއެވެ. އެހެންނަމަވެސް އޭނާގެ ހަށިގަނޑު މިހާތަނަށް ފެނިފައިނުވެއެވެ. ޖަމާލް އަކީ ސައުދީ ސަރުކާރާއި އެކު މަސައްކަތްތައް ކުރުމަށްފަހު އެ ގައުމުގެ ސިޔާސަތުތަކަށް ފާޑުކިއުމުގެ ސަބަބުން ގައުމު ދޫކޮށް އެމެރިކާގައި ވަޒަންވެރިވި ނޫސްވެރިއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: