ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި އުޅެވޭނެ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް: ޑީޖޭއޭ

ރައީސް ސާލިހު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީދާއިރާގެ މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި އުޅެވޭނެ ކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްތްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭއިން މިފަދައިން ބުނެފައި މިވަނީ  ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި އުޅުމުގެ ހުއްދަ ލިބޭ ގޮތަށް އުސޫލު ބަދަލުކޮށް، އެ ދާއިރާގެ މުވައްޒަފުންގެ “ކޯޑް އޮފް ކޮންޑަކްޓް” ޑީޖޭއޭއިން އިސްލާޙު ގެނެސް އާންމުކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފެތުރުމާއި ގުޅިގެންނެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ޑީޖޭއޭއިން އާންމުކުރި ކޯޑް އޮފް ކޮންޑަކްޓްގައި ވަނީ ސިޔާސީ ހަރަކާތްތަކުގައި މުވައްޒަފުން ބައިވެރިވުމާ ބެހޭ ބާބު އެކީ އުވާލައިފަ އެވެ. ކޯޑް އޮފް ކޮންޑަކްޓްގައި އެ ބައި ހިމަނާފައި ވަނީ “ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއި އިތުބާރު ހިފެހެއްޓުން” މާއްދާގެ ދަށުންނެވެ.

މީޑިއާތަކުން ރިޕޯޓްކުރި މައުލޫމާތުތައް ދޮގުކޮށް ޑީކޭއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ޝަރުއީދާއިރާގެ މުވައްޒަފުންނަކީ ސިޔާސީ ކަންކަމުން އެއްކިބާވެ ތިބެންޖެހޭ ބައެކެވެ. އަލަށް އަމަލުކުރަން ފެށި ކޯޑު އޮފް ކޮންޑަކްޓްގެ ދަށުން މިކަން ބަދަލުވެފައެއް ނުވާ ކަމަށް ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމާއި ޕާޓީގެ އިންތިހާބުތަކުގައި ވޯޓުލުމަކީ އެއްވެސް އިރެއްގައި މަނާ ކަމެއް ނޫން

ޑީޖޭއޭގެ ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމާއި ޕާޓީގެ އިންތިހާބުތަކުގައި ވޯޓުލުމާއި ތިމާގެ މީހަކު ވޯޓުލާ މަރުކަޒަށް ގެންދިއުމަކީ އެއްވެސް އިރެއްގައި ޝަރުއީދާއިރާގެ މުވައްޒަފުންގެ މައްޗަށް މަނާވެގެންވާ ކަންކަމެއް ނޫނެވެ.

އުވައިލެވުނު “ބާބު 27 ޝަރުއީދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން” ގައި ވެސް ކަން އޮތީ އެހެންން ކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ. އެގޮތުން ގަވާއިދުގެ 243 (އުވާލެނު ބާބުގައި ހިމެނޭ މާއްދާއެއް) ގައި ޝަރުއީދާއިރާގެ މުވައްޒަފުންގެ މައްޗަށް މަނާވެގެންވާ ސިޔާސީ ކަންކަން ބަޔާންކުރެވިފައިވާ އިރު، އިސްވެދެންނެވުނު ކަންކަން މަނާކުރެވިފައި ނުވެއެވެ.

އެގޮތުން ވޯޓުލާ މަރުކަޒަށް މީހުން ގެންދިއުން އެއީ މަނާ ކަމެއްގެ ގޮތުގައި ބަޔާންކޮށްފައި ވީ ނަމަވެސް “ނަސަބުގެ ގޮތުންނާއި މުޞާހަރާގެ ގޮތުން ގާތްތިމާގެ މީހުން” ވޯޓުލާ މަރުކަޒަށް ގެންދިއުން އިސްތިސްނާކޮށްފައިވެއެވެ. ވީމާ، މިއީ އާ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން އަލަށް ހުއްދަވީ ކަންކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

ޝަރުއީދާއިރާގެ މުވައްޒަފުންގެ އައު ކޯޑް ކޮންޑަކްޓްގެ 3 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުން، ޝަރުއީދާއިރާގެ މުވައްޒަފުންގެ އިމްޕާޝަލިޓީއާ ބެހޭ ގޮތުން ސުވާލު އުފެދިދާނޭ އެއްވެސް ކަމެއް ކުރުން ވަނީ މަނާކުރެވިފައެވެ. އޭގެ ތެރޭގައި ސިޔާސީ ކަންކަމާއި އެނޫން އިޖްތިމާއީ ހަރަކާތްތައް ވެސް ހިމެނޭ ގޮތުންނެވެ.

ކޯޑް އޮފް ކޮންޑަކްޓްގެ މަގުސަދު

ޑީޖޭއޭއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޝަރުއީދާއިރާގެ މުވައްޒަފުންގެ ކިބައިން އުއްމީދުކުރާ އަހްލާގީ މަތީ މިންގަނޑު (މަސައްކަތުގެ މާހައުލުގައްޔާއި ދިރިއުޅުމުގެ އެހެން ކަންކަމުގައި ވެސް އުޅުމާއި ގުޅުންތައް ބަހައްޓަންޖެހޭ އަހްލާގީ މަތީ މިންގަނޑު) ރަނގަޅަށް ބަޔާންވެފައި އޮތުމަކީ ފަނޑިޔާރުގޭގެ މިނިވަންކަމާއި ވަކިއަތަކަށް ނުޖެހުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން މުހިއްމު ކަމެއް ކަމަށް ގަބޫލުކުރެވުމާއެކު، ޝަރުއީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ އެކި ތަންތަނުގައި ބަޔާންކޮށްފައިވާ ސުލުކީ ކަންކަން އާ ކޯޑެއްގެ ދަށަށް ގެނެސް، އައު އުސޫލުތައް ތައާރަފުކޮށް ނެރެފައިވާ ކޯޑާއެކު ޝަރުއީދާއިރާގެ މުވައްޒަފުންނަކީ ޕްރޮފެޝަނަލް ބަޔަކަށް ހެދޭނެއެވެ.

މީގެއިތުރުން ޑީޖޭެއޭގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އައު ކޯޑާއެކު ޝަރުއީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމުގެ ސަބަބުން މިހާރު ދިމާވަމުންދާ އެތައް ކަމަކަށް ހައްލު ލިބި އޮޅުންތައް ފިލައި މުވައްޒަފުންނަށް ކަންކަން ސާފުވެގެން ދާނެވެ.

ސިޔާސީ ކަންކަމަކީ ކޯޑުގައި ވާ ގޮތުން ވަރަށް ފުޅާގޮތެއްގައި މަނާވެގެންވާ ކަމެއްކަން ފާހަގަކޮށް ބުނެފައި ވަނީ  (ކޯޑުގެ 3 ވަނަ މާއްދާ). ސިޔާސީ ކަންކަމުގެ ތެރެއިން ހުއްދަވެގެން ވާ ކުޑަމިންވަރަކީ، ކުރިން ވެސް ހުއްދަ ކަންކަން ކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: