ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީއަތުގައި ދައްކާ ވާހަކަ އޮޓޯއިން ލިޔެވޭ ސޮފްޓްވެއާ “ކޭލި” އިފްތިތާހުކޮށްފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން "ކޭލި" އިފްތިތާޙްކޮށްދެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟
ޝަރުޢީ ދާއިރާއަށް މުޅިން އަލަށް ތަޢާރަފްކުރާ ދިވެހިބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސޮފްޓްވެއަރއެއް ކަމަށްވާ “ކޭލި” ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި ސޮފްޓްވެއާ އިފްތިތާހުކޮށްދެއްވާ ދެއްކެވި ވާހަކައިގައި މުއުތަސިމް ވިދާޅުވީ  މިއީ ރާއްޖޭގައި މިފަދަ ސޮފްޓްވެއާއެއް ބޭނުން ކުރަން ފަށާ ފުރަތަމަ ފަހަރުކަމަށެވެ. އަދި ވިދާޅުވީ މިކަމުގެ ފައިދާ އެންމެންނަށް ކުރާނެކަމަށެވެ.

ކޭލީގެ ނަމުގައި އިފްތިތާހު ކުރެވުނު ސޮފްޓްވެއާގެ ސަބަބުން ޖުޑިޝަރީއަށްވެސް ވަރަށް ގިނަ ގުނަ، ކުރިއެރުންތަކެއް ލިބޭނެކަމަށް ފާހަގަކޮށް މުއުތަސިމް ވިދާޅުވީ މިއީ ލަސްވަމުންދާ މައްސަލަތައް އަވަސްކުރުމަށް ކުރިއެރުމެއް ލިބޭނެ ސޮފްޓްވެއާއަކަށް ވާނެކަމަށެވެ.

މި ޕްރޮގްރާމް ބޭނުން ކުރުމުން އަޅުގަނޑުމެން ފަނޑިޔާރުންނަށް ވަރަށް ރަނގަޅަށް އިހުސާސްވެގެންދާނެ، އަޅުގަނޑުމެންނަށް ލިބިގެންދާނެ ފަސޭހަތައް.

މުއުތަސިމް ވިދާޅުވިއެވެ.

މި މަސައްކަތުގައި ޝާމިލްވީ އެންމެހާ ފަރާތްތަކަށް މުއުތަސިމް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް ޖުޑިޝިއަލް އެޑްމިނިސްޓްރޭޓިވްގެ އައިޓީ ޓީމް މުއުތަސިމް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޭލި މި ސޮފްޓްވެއާ އިތުރަށް ކުރިއެރުވުމުގެ މަސައްކަތްތައް ކުރަމުން ގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: