ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންކުއަރީ ރިޕޯޓް އުއްތަމަ ފަނޑިޔާރަށް އަރުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ(241 ކޮމިޓީ)އިން ތައްޔާރުކުރި އިންކުއަރީ ރިޕޯޓް އުއްތަމަ ފަނޑިޔާރު މުހްތަސިމް އަދުނާނަށް އަރުވައިފި އެވެ.

ސުޕްރީމް ކޯޓުން ބުނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާގުޅިގެން، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގާފައިވާ ޕާލިމަންޓަރީ އިންކުއަރީގެ މަސައްކަތް ނިންމިގޮތުގެ ރިޕޯޓް އުއްތަމަ ފަނޑިޔާރަށް އިއްޔެ އަރުވާފައިވާ ކަމަށެވެ.

އިންކުއަރީ ރިޕޯޓު އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި ރައީސް ނަޝީދަށް އަރުވާފައެވެ.

ރިޕޯޓާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ސޯލިހް އިވަނީ، މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވެފައިވަނީ، މިރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިޞްލާހުކުރަން ހުރި ކަންކަން އިޞްލާހު ކުރައްވާނެ ކަމަށެވެ. އަދި މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ޤައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލު ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރިޕޯޓާ ހަވާލުވެ ވަޑައިގަތުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ސެކިއުރިޓީ އާއި އިންޓެލިޖެންސް ހަރުދަނާ ކުރަން 45 ލަަފައެއް އިންކުއަރީ ރިޕޯޓްގައި ހިމަނައިފައިވާ އިރު އެ ފިޔަވަޅުތައް ރައީސް އިބްރާހިމް ސޯލިހު އެޅުއްވުމުގައި ފަސްޖެހިވަޑައި ނުގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: