ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމަށް އިދިކޮޅުން ގޮވާލައިފި

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން
ޝެއާރކޮށްލާ ކަހަލަދޯ؟

އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާއަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކޮށް ވަރުގަދަ ކުރުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދްނާން ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ކެމެރާތައް ހަލާކުކޮށް ސެކިޔުރިޓީ ފޫއަޅުވާލާ އެގެއަށް ވަނުމަށް މީހަކު މަސައްކަތްކޮށްފައިވާތީ އެކަން ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ތިންބާރުން އެއްބާރު ދިރިއުޅުއްވާ ގެކޮޅުގެ ސެކިޔުރިޓީ ފޫއަޅުވާލާ އެގެއަށް ވަނުމުގެ ފުރުސަތު އެއްވެސް މީހަކަށް ލިބިގެން ދިޔުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ ފުރުސަތެއް އެއްވެސް މީހަކަށް ލިބިގެން ގޮސްފައިވާނީ އުއްތަމަ ފަނޑިޔާރަށް ދައުލަތުން ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަމުގައި އިހުމާލުވެ ދޭންޖެހޭ ސަމާލުކަން ނުދެވި ފަރުވާ ކުޑަވުމުގެ ސަބަބުން ކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

“ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ކަމުގައިވާ ދައުލަތުގެ އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާއަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގައި ފަރުވާ ކުޑަ ނުކުރުމަށާއި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ކަށަވަރުކޮށް ވަރުގަދަ ކުރުމަށް ގޮވާލަމެވެ.” އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު މީހަކު އެ ގޭގައި ހުރި ސީސީޓީވީ ކެމަރާ ސިސްޓަމް ހަލާކުކޮށްލައިގެން އެގެއަށް ވަންނަން ވަނީ މަސައްކަތްކޮށްފައެވެ. އެމައްސަލައާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގޭގެ ސެކިއުރިޓީ މިހާރު ވަނީ ވަރުގަދަ ކޮށްފައެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިވަގުތު އުއްތަމަ ފަނޑިޔާރަށް ހަމަޖައްސައިދެނީ ވަގުތީ އިންތިޒާމެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ދިރިއުޅުއްވަން ތައްޔާރުކުރާ ތަން ދެ ހަފްތާގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މަބުރޫކް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: