ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެސީއަށް ކުރަމުންދާ މަސައްކަތްތައް ހީނަރުވެފައިވާކަމަށް ބުނެ އޮބާމާގެ ކަންބޮޑުވުން

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާ އަދި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ޑިމޮކްރެސީއަށް މަސައްކަތްކުރައްވަމުންދާ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް ހީނަރުވެފައިވާކަމަށް އެ ގައުމުގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ފަރާތެއްކަމަށްވާ ބަރަކް އޮބާމާާ އެމެރިކާގެ މަޝްހޫރު ހަބަރު ފަތުރާ ވަސީލަތަކަަށް ދެއްވި އިންޓަރވިއުއެއްގައިވަނީ ޑިމޮކްރެސީއަށް ކުރަމުންދާ ދަތުރުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ފާހަގަކުރައްވާ އިންޒާރުތަކެއް ދެއްވާފައެވެ.

އޭނާ ވިދާޅުވީ، އެމެރިކާ އަދި ދުނިޔޭގެ ކަންކޮޅުތަކުގައިވެސް އެކުލަވާލެވިފައިވާ ޑިމޮކްރެސީގެ މަސައްކަތްތައް ކުރަމުންދާ މުއައްސަސާތައް ހީނަރުވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެ މަސައްކަތްތައް ކުރިއަށް ދާކަން ކަށަވަރު ކުރުމަކީ އެ ގައުމުގެ އިސްވެރިންގެ ޒިންމާއެއްކަމަށެވެ.

އޮބާމާ ވިދާޅުވީ، އެ ގައުމުގެ ރައީސްކަން ކުރައްވާފައިވާ ޑޮނަލްޑު ޓްރަމްޕުގެ މައްޗަށް ކުރެވިފައިވާ ދައުވާތަކަކީ، ގާނޫނުގެ ވެރިކަން އަދިވެސް ދެމި އޮތްކަމުގެ ހެއްކެއްކަމަށެވެ. އޭނާ ވިދާޅުވީ، ޔޫކްރެއިންގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް ހުޅަނގުން ކުރަމުންދާ މަސައްކަތްތަކަކީ ޑީމޮކްރެސީ ހިމާޔަތްކުރުމުގައި ކުރެވެމުންދާ މުހިންމު މަސައްކަތެއްކަމަށެވެ.

އެހެންނަމަވެސް ޑިމޮކްރެސީގެ އަސާސްތައް ގެއްލެމުންދާކަމުގެ ނިޝާންތައް ހުރިކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. އަދި އިގްތިސާދާއި އިޖްތިމާއި ހަމަނުޖެހުންތަކުގެ ސަބަބުން، ދުޅަހެޔޮ ޑިމޮކްރެޓިކް ނިޒާމެއް ދެމެހެއްޓުމުގައި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޮބާމާ ވިދާޅުވީ، ޑިމޮކްރެސީއަށް ވަކާލާތުކޮށް މަސައްކަތްތައް ކޮށްފިނަމަ، ކާމިޔާބީ ހާސިލުވެގެންދާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި މިހާރު އެ ގައުމުގައި އޮތް ޑިމޮކްރެޓިކް ނިޒާމުގައި މައްސަލަތައް ހުރިކަމަށްވުމުން، އިސްލާހު ކުރަންޖެހިފައިވާކަމަށްވެސް އޭނާވަނީ އިންޓަރވިއުގައި ވިދާޅުވެފައެވެ.

އޭނާވަނީ ޓްރަމްޕު ޖަަލަށް ލުމަށްޓަކައި ބައިޑެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރަށް އަލިއަޅުއްވާފައެވެ. އެގޮތުން، ޓްރަމްޕުގެ މައްޗަށް ކުރެވިފައިވާ ދައުވާތަކުގެ ސަބަބުން، އެއްވެސް ފަރާތެއް ގާނޫނަށް ވުރެ މަތި ނުވާނެކަން ހާމަވެގެންދާކަމަށާއި އެ މައްސަލައިގައި ގޮތް ނިންމާނީ ކޯޓުންކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވަނީ ޓްރަމްޕުގެ އަމަލުތައް ބައްޓަންވެފައިވަނީ ފާޑުކިޔާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށާއި ނޫސްވެރިންނަށް ބިރުދެއްކުމަށްކަމަށެވެ. އޭނާ ވިދާޅުވީ، އެ ގައުމުގެ ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް އެފަދަ އަމަލުތައް ފާހަގަކުރެވޭކަމަށްވެސް އިޝާރާތްކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ގައުމަކަށް ބޭނުންވަނީ ކުރައްވާ ހުވާތަކާއި އެއްގޮތަށް އަމަލުކުރައްވާ ރައީސްއެއްކަމަށެވެ. އަދި ޑިމޮކްރެސީގެ އަސާސްތައް ގަބޫލުކުރައްވާ ފަރާތަކަށްވުންވެސް މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: