ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާގެ ހުއްދަ އަންނަ ހަފްތާގައި ދެނީ!

ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މިހާރުގެ ސިޔާސަތުތައް ގަބޫލު ނުކުރެވޭތީ، އެ ޕާޓީ ދޫކުރި މެމްބަރުން އުފެއްދުމަށް މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްގެ ރެޖިސްޓްރީ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ގިނަ އަހަރުތަކެއް އެމްޑީޕީގެ ރައީސްގެ މަގާމާއި، އިސް މަގާމުތައް ފުރުއްވުމަށް ފަހު އެ ޕާޓީއަކީ ކުރިން ދެމެހެއްޓި އުސޫލުތަކުގައިވާ ޕާޓީއެއްކަމުގައި ނުވާތީ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އެމަނިކުފާނު ދެން ގުޅިވަޑައިގަންނަވާނެކަމަށް ބެލެވޭ ޑިމޮކްރެޓްސްގެ ރެޖިސްޓްރޭޝަނަށް ހުއްދަ ނުދީ ހިފެހެއްޓުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުންތައް އިލެކްޝަންސް ކޮމިޝަނަށް ވަނީ އަމާޒުވެފަ އެވެ.

އިތުރަށް ބަލަން ޖެހޭ ކަންތައް ހުރުމާއި އެކު، އެކަމަށް ތިން މަސް ދުވަސް ނަގާފާނެކަމަށް އީސީން ބުނުމުން އެކަމަށް އާއްމުންގެ ނުރުހުން ވެސް އަމާޒުވެފައި ވަނިކޮށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާއެއް ބޭއްވުމުގެ ހުއްދަ އަންނަ ހަފްތާގައި ދިނުމަށް އީސީން ނިންމާފައިވާކަމަށެވެ. އަދި އެކަން ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅި ފަރާތްތަކަށް އަންގާފައިވާކަން ވެސް ހާމަކުރި އެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދޭން އެދި ކޮމިޝަނަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މެމްބަރުން މި ހަފްތާގެ އެކި ދުވަސްތަކު ދިޔަ އެވެ. އަދި ހުއްދަ ދޫނުކުރަނީސް ކޮމިޝަނުގެ އޮފީސް ދޫކޮށް ނުދިއުމަށް ނިންމައި މެންދުރު ފަހު 03:00 އިން ފެށިގެން ރޭގަނޑު 08:30 އާއި ހަމައަށް ތިއްބެވެ. އެރޭ ކޮމިޝަނުގެ ބައްދަލުވުމުގައި ދެ މެމްބަރަކު ވޯޓު ދިނީ އަދި އިތުރަށް ބަލަން ޖެހޭ ކަންތަކެއް ހުރުމާއި އެކު މިވަގުތު ޕާޓީއަށް ހުއްދަ ދޫނުކުރުމަށެވެ.

ކޮމިޝަނުގެ ނިންމުމުގެ މައުލޫމާތު ހާމަކުރަމުން އެރޭ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި މެމްބަރުންގެ އިތުބާރު އޭނާގެ މައްޗަށް ނެތެވެ. ފުއާދު ވިދާޅުވީ މެމްބަރުން ތުހުމަތު ކުރީ އޭނާ މަސައްކަތް ކުރައްވަނީ، ވަކި ކޮޅަކަށް ޖެހި ނުފޫޒުގެ ދަށުވެފައި ހުންނަވައި، ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށެވެ. އެއީ ކޮން މެމްބަރުނެއްކަން ހާމަކޮށް، ވޯޓު ނުދެނީ ކޮން ދެ މެމްބަރެއްކަން ވެސް ވިދާޅުވި އެވެ. ފުއާދު ޑިމޮކްރެޓްސްގެ މެމްބަރުންނާއި ދެއްކެވި ވާހަކަ ވީޑިއޯ ކުރުމަށް ފަހު އެބޭފުޅުންގެ ފަރާތުން ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރި އެވެ.

ޑިމޮކްރެޓްސްގެ މެމްބަރުން އީސީގެ ބައެއް މެމްބަރުންގެ މައްޗަށް ވަރަށް ބޮޑެތި ތުހުމަތުތައް ކުރެ އެވެ. އަދި އެއީ ސަރުކާރުގެ އިސްބޭފުޅުންނާއި ގުޅުން އޮތް، އާއިލީ ބޭފުޅުންކަމަށް ވެސް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: