ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯއްޗާއި ތަރައްގީގެ ޕްރޮޖެކްޓުތައް ކާމިޔާބުކޮށް ރިޔާސީ އިންތިހާބު ލިބޭނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީއާއި ގުޅުން ހުރި ކާމިޔާބު މަޝްރޫއުތަކާއިއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ވި ވައުދާއި އެއްގޮތަށް ބޯހިޔާވަހިކަމުގެ ވައުދު ފުއްދިފައިވާކަމަށް ބުނެ ގިނަ ބައެއްގެ އެންމެ ބޮޑު ތައުރީފެއް މިވަގުތު އޮތީ ރައީސް ސޯލިހަށެވެ. މާލޭގެ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލެއް ގެނެސް ދިނީ މި ސަރުކާރުންކަމަށް އެމްޑީޕީގެ މެމްބަރުން ވަނީ ބުނެފަ އެވެ.

ބިންވެރިޔާ ފްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި 15،000 އަށް ވުރެ ގިނަ މީހުން ހުށަހެޅިއިރު އޭގެ ތެރެއިން 10،314 މީހަކު ގޯތި ދޫކުރާނެކަމަށް ބުނާ އުސޫލުތަކާއި ޝަރުތު ފުރިހަމަ ވެއެވެ. 5000 ގޯތި ދިނުމަށް އިއުލާނު ކުރުމަށް ފަހު، ސަރުކާރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާއްމު ކުރިގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ލިސްޓުގައި ޝަރުތު ހަމަވާކަމަށް ބުނާ ހުރިހާ އެންމެނަށް ވެސް ގޯތި ދޫކުރުން ކަމަށެވެ.

މިއީ ވުޖޫދުގައި ނެތް ބިންތަކެއްކަމަށާއި، ލިސްޓެއްގައި ނަން ޖެހުމުން ލިބޭ ގޯއްޗެއް ނެތްކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ. އަދި އިދިކޮޅުން އެ ލިސްޓު ދެކެނީ ރިޔާސީ އިންތިހާބަށް ކުރާ ކެމްޕެއިނެއްގެ ގޮތުގަ އެވެ.

ރައީސް ސޯލިހަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި އަމީރު ވިދާޅުވީ އޭނާގެ އުމުރުން 36 އަހަރުގައި 04 ވެރިކަން ފެނިފައިވާކަމަށާއި މާލޭގެ ރަށްޔިތުންނަށް ގޯތި ދިން ހަމައެކަނި ވެރިއަކީ ރައީސް ސޯލިހު ކަމަށެވެ.

މާލޭގެ ރައްޔިތުންގެ ތެރެއިން ދިހަހާހަށް ވުރެ ގިނަ މީހުންނަށް ގޯތި ލިބުމަކީ ޒަމާނުއްސުރެ މާލޭގެ އެތައް ރައްޔިތުންނެއް އުފުލަމުން އައި ދަތިތަކަށް ލުޔެއް ލިބިގެންދިއުންކަމަށް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ލިސްޓުގައި ގޯތި ލިބޭނެ މީހުން އަދިވެސް އެބަތިބިކަމަށާއި، އެ މީހުންނަށް ވެސް ގޯތި ލިބޭނެ މަގުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ރާއްޖޭގެ އިގްތިސާދަށް ކޮވިޑުގެ ސަބަބުން ކުރި ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި އަމީރު ވިދާޅުވީ، އެ ހާލަތުން މިހާރު އަރައިގަނެވިފައިވާކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހިންގާ އުމްރާނީ އަދި އިޖްތިމާއީ ޕްރޮޖެކްޓުތަކުން ރައީސް ސޯލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: