ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނީ ކަންކަމުގައި އިލްމުވެރިންނަށް ބަސް ބުނުމުގެ ފުރުސަތު ދޭނަން: ނާޒިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަމަށް އާދެވިއްޖެ ނަމަ ދީނީ ކަންކަމުގައި އިލްމުވެރިންނަށް ބަސް ބުނުމުގެ ފުރުސަތު ވެސް ލިބިގެންދާނެކަމަށް އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ އޭނާގެ އުޖާލާ ޒަމާން މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވަހުދަތާއި ގުޅޭ ވައުދުތަކުގެ ތަފްސީލުތައް ދެއްވަމުންނެވެ. ނާޒިމް ވިދާޅުވީ ދިވެހިންގެ ތެރޭގައި އޮތް އިސްލާމީ އެއްބަވައިންތަކަށް ދިރުވައި އާލާ ކުރަން ޖެހޭއިރު، އެނާ އެކަން ކުރާނެ ކަމަށެވެ.

ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޖާގަ ދެވިގެން ނުވާނެކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. ރާއްޖޭގެ މިސްކިތްތަކުގައި ހިލޭ ގުރުއާން ކިޔެވޭ ގޮތް ހަމަޖައްސަވާނެކަމަށް ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ހުރިހާ މިސްކިތްތަކަކީ ވެސް ނަމާދު ކުރުމަށް ފަސޭހަ ތަނެއްކަމަށް ހަމަޖެއްސުމަށްޓަކައި މިސްކިތްތަކުގެ އާބާތުރަފިލުވުމާއި މަރާމާތްތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

އަދި މިސްކިތްތައް އެއާކޮންޑިޝަންކޮށް، ސާފުތާހިރު ކުރާނެކަމަށް ވިދާޅުވި އެވެ.

ޕާޓީން އާއްމުކޮށްފައިވާ ނާޒިމްގެ މެނިފެސްޓޯގައި ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ތަންފީޒު ކުރާނެކަމަށް ވައުދުވާ ބައެއް ސިޔާސަތުތައް ހިމެނެ އެވެ. އޭގެ ތެރޭގައި މާލޭގައި ދުއްވާ އުޅަނދުފަހަރުތައް މަދުކުރުމުގެ ގޮތުން މާލޭގެ ބަސް ދަތުރުތައް ދިވެހިންނަށް ހިލޭ ކުރުމާއި، ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި ސްޓްރެޗާ ލިފްޓާއި އިމަޖެންސީ ޖެނެރޭޓާރ ސިސްޓަމެއް ބަހައްޓަން ފެށުމާއި، ހިޔާ ފްލެޓުގެ ކުރި 4،000 ރުފިޔާއަށް ކުޑަކުރުން ހިމެނެ އެވެ.

މީގެއިތުރުން ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމުގެ ގޮތުން ސަބްސިޑައިޒް ކުރެވިގެން ވޯޓާރ ފިލްޓާރ ސިސްޓަމް ގޭބިސީތަކަށް ފޯރުކޮށްދިނުމާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ނުފޫޒުން އެއްކިބާކޮށް އެއީ ޒާތީ ތައައްސަބުން އެއްކިބާވެ ތިބެގެން ރާއްޖޭގެ އަދަލުގެ ނިޒާމުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރާ މުވައްސަސާއަކަށް ހެދުމަށް ވަނީ ވައުދުވެފަ އެވެ. އަދި މި ނޫން ވެސް ގިނަ ވައުދުތައް ހިމެނެ އެވެ.

ނާޒިމްގެ މެނިފެސްޓޯގައި މައިގަނޑު ގޮތެއްގައި ހިމަނާފައި ވަނީ ނުވަ ދާއިރާއެކެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްލާމީ ވަހުދަތު، އުފާވެރި ޒުވާނާ، ބާއްޖަވެރި އާއިލާ، ފަންނީ ޖީލު، ބަދަހި އިގްތިސާދު، ސަލާމަތްތެރިކަން ކަށަވަރު، އަދުލު އިންސާފު، އަދި ނަޒާހަތްތެރިކަމެވެ.

އަންނަ ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ނާޒިމް ވާދަކުރާއިރު އޭނާއަކީ އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރެވެ. ޖުމްހޫރީ ޕާޓީގައި ހުންނެވުމަށް ފަހު އެ ޕާޓީ ދޫކޮށް، ސިޔާސީ ގޮތުން އަމިއްލަ ވިސްނުމެއް ކުރިއެރުވުމުގެ މަސައްކަތް ފެށީ ޖޭޕީގެ ތެރޭގައި އެ ކުރިއެރުން އޮތްކަމަށް ގަބޫލު ނުކުރެވޭތީކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.

އިންތިހާބަށް އެމްއެންޕީގެ ހަރަކާތްތައް ވަރުގަދަކޮށްފައިވާއިރު، ދާދިފަހުން އެ ޕާޓީގެ މެނިފެސްޓޯ ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: