ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ އީދު މޯދީގެ މާލިތަކުން؛ ސަރުކާރުން ދެކެނީ މިއީ ނަފްރަތު އުފެއްދުންކަމަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މާސްކު އަޅައި "މާލި" ހެދިގެން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު އޮންނަކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ދަށުން، އީދު ދުވަހާއި ދިމާކޮށް އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ މާލި ނެރެފައި ވަނީ ރުޅުވެރިކަމާއި ނަފްރަތު އުފެއްދުމުގެ ބޭނުމުގައިކަމަށް ސަރުކާރުން ބުނެފި އެވެ.

އިންޑިއާގެ ނުފޫޒާއި، އެ ގައުމުގެ މިލިޓަރީގެ ބާރު ރާއްޖޭގެ މައްޗަށް އެބައޮތްކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓްގެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އެކު އޮތީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ. އަދި އެ ހަރަކާތްތައް ކޮންމެވެސް ވަރަކަށް ކުރިޔަށް ދިޔަ ނަމަވެސް ކުރިން ގެންދިޔަ އެއްވުންތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ނުގެންދެ އެވެ.

ރިޔާސީ އިންތިހާބުގެ ތައްޔާރީތަކާއި އެކު ފަހަކަށް އައިސް އިދިކޮޅުގެ އެއްވުންތަކުގައި އިންޑިއާ އައުޓްގެ ދިދަތައް ކޮންމެވެސް ވަރަކަށް ބޭނުން ކުރެ އެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގެ ބޭފުޅުންގެ މޫނު ޕްރިންޓުކޮށް އެ މާސްކެއްގެ ގޮތުގައި ބޭނުން ކުރާއިރު އޭގެ ތެރޭގައި މޯދީގެ ފޮޓޯތައް ހިމެނެ އެވެ.

ސަރުކާރާއި ދެކޮޅަށް ބޭނުން ކުރާ ލަވަތަކާއި އެކު އިދިކޮޅުން އިއްޔެ މާލޭގެ މަގުތައް މަތީގައި ހަރަކާތްތައް ކުރިޔަށް ގެންދިޔައިރު އޭގެ ތެރޭގައި މޯދީގެ މާލި ހިމެނެ އެވެ. އެ މާލިތައް ތިބީ މުޅި ގައިގައި ހުދުކުލައިގެ ފޮތިތައް އޮޅައިގެންނެވެ.

ރައީސް ސޯލިހުގެ ފޮޓޯތައް ބޭނުކޮށް މާސްކުތައް ވެސް މާލިތައް އަޅައިގެން ތިއްބެވެ.

އެކަމާއި ގުޅިގެން ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް މިއަދު ފޮރިން މިނިސްޓްރީން އާއްމު ކުރި ބަޔާނެއްގައި ބުނީ އިންޑިއާ އައުޓް ބޭނުންކޮށްގެން ހިންގި ހަރަކާތްތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި އެއީ އެހެން ގައުމެއް ދަށްކޮށް، ކުރާ ބޭއިހުތިރާމެއްކަން ފާހަގަކުރި އެވެ.

ބަޔާނުގައި ބުނެފައި ވަނީ މި ހަރަކާތުގައި އިދިކޮޅުން ފަތުރަމުން ދަނީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ކަމަށެވެ.

ބޮޑު އީދަކީ އެކުވެރިކަމުގެ ގުޅުން ބަދަހި ކުރަންޖެހޭ ދުވަހެއް ނަމަވެސް މިފަދަ ގައުމަކަށް ކުޑައިމީސްކޮށް އަމަލުތައް ހިންގުމަކީ ނަފްރަތު އުފެއްދުންކަމަށް ބަޔާނުގައި ވެއެވެ. އަދި ބުނެފައި ވަނީ މިއީ ރުޅިވެރިކަން ފަތުރައި ރާއްޖެއާއި އިންޑިއާގެ ދެމެދު އޮތް ގުޅުން ހީނަރު ކުރުމުގެ ހަރަކާތެއްކަމުގައި ދެކޭކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ނުފޫޒުތަކެއް ފޯރުވައި، ގައުމުގެ މިނިވަންކަމަށް ބުރޫ އަރާފަދަ އެއްބަސްވުންތަކެއް އެކުލަވާލާފައިވާކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ. އަދި މި އެއްބަސްވުންތަކުގެ ދަށުން ސަރުކާރުން އެ ގައުމުގެ އަސްކަރިއްޔާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއި އެކު ތިބުމުގެ ފުރުސަތު ދީފައިވާކަމަށް ވެސް ދަނީ ބުނަމުންނެވެ.

އިދިކޮޅުގެ ތުހުމަތުތައް ސަރުކާރާއި، އެމްޑީޕީން ދޮގު ކުރިނަމަވެސް ރައްދުގައި ޕްރޮގްރެސިވް ކޯލިޝަނުން ބުނަމުން ދަނީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ނަމަ އެއްބަސްވުންތައް ޙާމަކުރަން ޖެހޭ ކަމަށެވެ. ނަަވަވެސް އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބުނެ ސަރުކާރުން ވަނީ އެގޮތަށް އަމަލު ކުރުމަށް ދެކޮޅު ހަދާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: