ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް: ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން، ފުއްގިރީގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ތާވާލުކޮށްފި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުން ހުރިކަމަށް ބުނާ، ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރައީސް ޔާމީން ރިޝްވަތު ގަބޫލު ކުރައްވައި މަނީ ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވަ އެވެ.

އީދު ބަންދަށް ފަހު ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރިއިރު، ރައީސް ޔާމީން ވަނީ އެ ޝަރީއަތްތައް އަވަސް އަރުވާލައިގެން ކުރިޔަށް ގެންދާތީ އެކަމުގެ ކަންބޮޑުވުން މައްސަލަ ބައްލަވާ ގާޡީއަށް ހުށަހަޅުއްވާފަ އެވެ. އާރަށުގެ މައްސަލައިގައި ތަންފީޒު ކުރައްވަމުން ގެންދަވާ 11 އަހަރުގެ ހުކުމުގެ އިސްތިއުނާފު ކުރިޔަށް ދާތީ، އެ މައްސަލައަށް ތައްޔާރުވުމަށް ބޭނުންފުޅުވާކަމަށާއި އަވަހަށް ނިމެން ބޭނުންވާ މައްސަލައަކީ އެއީކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

ޝަރީއަތް ކައިރިކައިރީގައި ތާވަލު ކުރާއިރު، މައްސަލައިގެ އަޑުއެހުންތައް ވަރަށް ބޮޑަށް ދިގުލައިގެން ދެ އެވެ. މައްސަލައިގައި މާދަމާ ބާއްވާ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހެނދުނުގެ 09:00 އަށެވެ.

މި މައްސަލައިގައި މިހާރު ކުރިޔަށް ދަނީ ހެކިބަސް ނެގުމުގެ ބައެވެ. އީދު ބަންދަށް ދިއުމުގެ ކުރިން ފުލުފުލުގައި ކުރިޔަށް ގެންދިޔަ ޝަރީއަތްތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގި އެވެ.

އަދީބް ވިދާޅުވީ ފުއްގިރި ކުއްޔަށް ދިނުމަށް ރައީސް ޔާމީން ވިދާޅުވެގެން ދުބާއީގެ ކުންފުންޏެއް ހިންގުމުގައި އުޅޭ އިންޑިއާގެ ބަޔަކާއި ބައްދަލު ކުރި ކަމަށެވެ. އެގޮތުން ދުބާއީގެ ކުންފުންޏާއިއެކު ބޭއްވި ފުރަތަމަ ބައްދަކުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑާ) ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އަދީބް ވިދާޅުވިއެވެ

އެކަމަކު އަދީބުގެ ހެކިބަސް ދޮގުކުރައްވައި ބޮންޑެ ވިދާޅުވީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އޭނާ އަދީބާއި ބައްދަލުނުކުރާކަމަށެވެ. އޭގެ ބަދަލުގައި އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސަމާލުކަމަށް އެކަން ގެނައީ އޭނާ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

މިވަގުތު ޝަރީއަތުގައި ކުރިއަށްދާ ފުއްގިރީގެ މައްސަލައިގައި އެ ބަޔާނަކީ ސަރުކާރުތެރޭން ބަޔަކު ކޮރަޕްޝަން ހިންގިކަމުގެ ކިތާބީ ހެކި ކަމަށް މެމްބަރު އިބްރާހިމް ރަޝީދު ބުނެފައިވެއެވެ. އަދި އެ ފައިސާ އަކީ ދައުލަތުގެ ފައިސާކަން ޔަގީންކޮށްދިނުމަށް އޮޑިޓަރ ޖެނެރަލްއަށ އޭސީސީ މެދުވެރިކޮށް ސީޓީއެއްވެސް ވަނީ ހަވާލުކޮށްފައެވެ. އެއީ ވެސް ކިތާބީ ހެކި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދީބު ވިދާޅުވީ ދުބާއީގެ އެ ކުންފުންޏަށް ފުއްގި ކުއްޔަށް ދިނުމަށް ރައީސް ޔާމީން ނިންމަވާފައި އޮތީ 2.5 މިލިއަން ޑޮލަރަށް ކަމަށެވެ. އަދި އޭގެ ފަހުން އިންޑިއާ ކުންފުނިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅި ކަމަށާއި އޭގައި އޮތީ އެ އަގަށް ފައިސާ ދައްކަން އެއްބަސްވެފައި ކަމަށް އަދީބް ވިދާޅުވިއެވެ.

އަދީބް ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން ރައީސް ޔާމީންއާއި ވާހަކަ ދެއްކެވި ކަމަށާއި އަދި އަގު ކުޑަ ކަމަށް ދެންނެވި ކަމަށެވެ. ނަމަވެސް ފުއްގިރި ކުޑަ އަގުގައި ކުއްޔަށް ދިނުމަށް ރައީސް ޔާމީން އެންގެވި ކަމަށާއި އަދި ބޮޑު އެއްޗެއް ލިބޭނީ ރަށް ކުޑަ އަގުގައި ކުއްޔަށް ދީގެން ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް އަދީބް ވިދާޅުވިއެވެ.

އަދީބުގެ ހެކިބަހާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލުން ވަނީ، އޭނާގެ ހިތުގައި ރައީސް ޔާމީނާއި މެދު ރުޅިވެރިކަމާއި ނަފްރަތު އޮންނާނެކަން ތަކުރާރުކޮށް ފާހަގަކޮށްފަ އެވެ.

އީސް ޔާމީންގެ ވަކީލުން ވިދާޅުވީ އަދީބާއި ޒިޔަތަކީ ފާސިގުންކަމަށާއި އެކަން ސުޕްރީމް ކޯޓުގެ ހުކުމަކުން ވެސް އެނގެން އެބައޮތް ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް، އެމަނިކުފާނުގެ ވަކީލުން ވަނީ އިއުތިރާޒު ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: