ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނަށް އެކަނި ހުކުމެއް އައުން އިންސާފުވެރިއެއް ނޫން: އާޒިމް

ޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ އިންސާފުވެރި ޝަރީއަތެއް ހައްގުވާ ލީޑަރެއްކަމަށް މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އަސާސްތަކާއި އެ ޕާޓީގެ އުސޫލުތައް މިވަގުތު ހުރީ އެންމެ ރަނގަޅަށްކަމަށް ގަބޫލު ނުކުރެވޭތީ އާއި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެކި ގޮތްގޮތުން ޖެއްސުންކޮށް އެއްފަރާތް ކުރާކަމަށް ބުނެ ވަކިވި މެމްބަރުން މިހާރު ކުރަމުން ދަނީ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތްތަކެވެ. ރައީސް ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ ޑިމޮކްރެޓްސްގެ މަޝްވަރާތައް ޕީޕީއެމާއި އެކު ރަސްމީކޮށް ފެށުމުގެ ކުރިޔަށް މަޖިލީހުގައި ބައެއް މަސައްކަތްތައް ކުރިޔަށް ގެންދިޔަ އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތަކަށް ފަހު، ޕީޕީއެމް/ޕީއެންސީއާއި އެކު ރައީސް ނަޝީދާއި އަރިސް މެމްބަރުން ކުރަމުންދާކަމުގެ ތުހުމަތުތައް އޭރު ވެސް ކުރެވުނެވެ. އޭގެ ތެރޭގައި ކުއްލި މައްސަލަތަކާއި، ގަރާރުތައް ހުށަހެޅުން އަދި މެމްބަރުންގެ ނިޒާމީ ނުކުތާތައް ހިމެނެ އެވެ.

ދެ ޕާޓީގެ ދެމެދު ރަސްމީ މަޝްވަރާތައް ފަށައި ކުރިޔަށް ގެންދާ ބައްދަލުވުންތަކަށް ފަހު އަންނަ މަހުގެ 03 ގައި ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މައުލޫމާތުތައް ދިން ޕްރެސްގައި ނޫސްވެރިން ވަނީ މަސަައްކަތްތަކާއި ގުޅޭ ގިނަ ސުވާލުތައް އަމާޒުކޮށްފަ އެވެ.

ހިޔާލުތަފާތު އަދި ސިޔާސީ ގޮތުން ދެ މިސްރާބަކަށް މަސައްކަތް ކުރާ ޕާޓީތައް މަޝްވަރާގެ މޭޒަކަށް އައިއިރު އެއް ޕާޓީން ދައްކާ ވާހަކަތައް އަނެއް ޕާޓީން ގަބޫލު ނުކުރާކަން ނޫސްވެރިން ފާހަގަކުރި އެވެ. ނުވަތަ އެއީ ގަބޫލު ނުކުރާ ސިޔާސީ ހަމަތަކާއި ފިކުރުކަމާއި އެހެންކަމުން އިންޑިއާ އައުޓް ފަދަ ހަރަކާތްތަކުގައި ދެން ގެންގުޅޭނެ ހަމައަކީ ކޮބައިތޯ ސުވާލު ކުރުމުން އާޒިމް ވިދާޅުވީ ދެ ފަރާތުން ވެސް ދޫދޭން ޖެހޭ ކަންތައްތައް ހުރިކަން އެއްބަސްވާ ކަމަށެވެ.

ޑިމޮކްރެޓްސް ރައީސް ޔާމީންގެ ހުކުމާއި މެދު ދެކޭ ގޮތަކީ މިހާރު ކޮބައިތޯ ސުވާލު ކުރުމުން އާޒިމް ވިދާޅުވީ، ރަނގަޅު އިންސާފުވެރި ޝަރީއަތެއް އެމަނިކުފާނަށް ވެސް ހައްގުވާ ކަމަށެވެ. އަދި އެކަމަށް މަސައްކޮށް، ގޮވާލުމުގައި ގޯހެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މައްސަލައަކީ އެމްއެމްޕީއާރުސީ މައްސަލައިގައި އެންމެ ބޭފުޅަކަށް ހުކުމެއް އައުން ކަމަށެވެ. މިއީ ގިނަ ބަޔަކު ޝާމިލުވާ މައްސަލައަކަށްވާއިރު، އަދި ތަހުގީގުން ވެސް އެކަން ހާމަވާއިރު ރައީސް ޔާމީނަށް އެކަނި ހުކުމެއް އަންނަން ޖެހޭކަމަށް ގަބޫލު ނުކުރާކަމަށް އާޒިމް ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: