ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ބުދަ ދުވަހު

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެ، އެމަނިކުފާނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ބުދަ ދުވަހަށް ތާވަލުކޮށްފި އެވެ.

ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މިދިޔަ އަހަރު އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ވ. އާރަށުގެ ހިޔާނާތުގެ ފައިސާއިން މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގައި ކުށް ސާބިތުވާކަމަށް ކަނޑައަޅައި އިއްވި ހުކުމެވެ.

އެ ހުކުމް އިސްތިއުނާފު ކުރިތާ ދޮޅު މަހަށް ވުރެ ގިނަ ދުވަސް ފަހުން، ފުރަތަމަ އަޑުއެހުން ތާވަލު ކުރީ މިދިޔަ މަހުގެ 15 ގަ އެވެ. އެއަށް ފަހު މިހާތަނަށް ކުރިޔަށް ގެންދެވުނީ ދެ އަޑުއެހުމެވެ.

އާއްމުކޮށް ހައިކޯޓުގެ އިސްތިއުނާފު މައްސަލައް ތިނެއް ނުވަތަ ހަތަރު އަޑުއެހުމަށް ފަހު ހުކުމާއި ހަމައަށް ދެވޭނެ އެވެ. އެހެންވެ، އީދު ބަންދަށް ދިއުމުގެ ކުރިން އަޑުއެހުންތައް ނިންމާލަ ދިނުމަށް ރައީސް ޔާމީން ހުށަހެޅުއްވާފައި ވެއެވެ. އެކަމަކު އީދު ބަންދަށް ދިޔައީ މައްސަލައިގެ އަޑުއެހުމެއް ތާވަލުނުކޮށެވެ.

ރައީސް ޔާމީން ހުށަހަޅުއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު ހުޒެއިފާގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ހައިކޯޓުގައި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރިއިރު، މި ހަފްތާ ފެށުމާއި އެކު ދަށު ކޯޓުން ވެސް ހެކި ބަސް ނެގުމުގެ މައްސަލައެއް ތާވަލު ކުރި އެވެ. އެކަމަކު އެ ދުވަހު މައްސަލައިގައި ދައުވާ ކުރާ ކްރިކް ރިޒާ ބަލިވެ އުޅުއްވާތީ އަޑުއެހުން ކެންސަލް ވީ އެވެ. އޭގެ ފަހުން ދަށު ކޯޓުން އިތުރު އަޑުއެހުމެއް ތާވަލު ނުކުރެ އެވެ. އެކަމަކު މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ގޮތުގައި އަމާޒަކީ ވީހާވެސް އަވަހަށް މައްސަލައިގެ އަޑުއެހުންތައް ނިންމާލުމެވެ.

ކްރިމިނަލް ކޯޓުގައި ކައިރިކައިރީގައި އަޑުއެހުންތައް ކުރިޔަށް ގެންދާތީ ރައީސް ޔާމީން އެ ކަންބޮޑުވުން ހުށަހެޅުއްވި އެވެ.

ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް ފަހު ތަފާތު އެކި ފަހަރު މަތީން އެމަނިކުފާނުގެ ގާނޫނީ ޓީމުން މީޑިއާތަކާއި ބައްދަލު ކުރި އެވެ. އެގޮތުން، ޖަމީލު ވިދާޅުވީ ހުކުމް ރިޕޯޓު އާދަޔާ ހިލާފު ބައެއް ކަންކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ޖަމީލް ވިދާޅުވީ، ހުލާސާ ބަޔާނާއި ހުކުމުގެ ރިޕޯޓާއި ދިމާ ނުވާކަމަށާއި ރިޕޯޓުގައި އޮތީ ދައުލަތުގެ ބަޔާނުގެ ކޮޕީއެއް ކަމަށެވެ. އިންސާފުވެރިކަމާއި އެކު މައްސަލަ ކުރިޔަށް ގެންގޮސްފި ނަމަ ރައީސް ޔާމީން ހައިކޯޓުން މިނިވަންވުމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޖަމީލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: