ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޑިމޮކްރެޓްސް“ ގެ ކުލައަކަށް ނޫ ކުލަ، ލޯގޯ ރަމްޒުކޮށް ދެނީ ދިވެހި ރުކާއި މުރަކަ!

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ ޑިމޮކްރެޓްސްގެ ގައުމީ ޖަލްސާގައި ޕާޓީގެ ލޯގޯ އާއި ކުލަ ފާސްކޮށްފި އެވެ.

ޣިޔާސުއްދީން ސްކޫލުގައި ކުރިޔަށް ދާ ޖަލްސާ މިރޭ ފެށީ 21:00 ގައި ގަވައިދުގައި ބުނާ 300 އަށް ވުރެ ގިނެ މެމްބަރުންނާއި އެކު އެވެ. ޖަލްސާގެ މައުލޫމާތުތައް ހިއްސާ ކުރައްވަމުން، ޕާޓީގެ މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވާ މެމްބަރުންގެ އަދަދު 500 އިން މައްޗަށް އަރާކަމަށެވެ.

ޕާޓީގެ ތައާރަފު ކުރިޔަށް ގެންދަވައި، ހަސަން އެންމެ ފުރަތަމަ ހުޅުވާލީ ޕާޓީގެ ލޯގޯ އާއި އާއްމުކޮށް މުހާބަތު ކުރުމިގައި ބޭނުން ކުރާނެ ރަމްޒީ ނަން ފާސް ކުރުމަށެވެ. އެގޮތުން ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ފާސްވެފައި ވަނީ “ދަ ޑިމޮކްރެޓްސް” އިތުރުން އާއްމު ނަމެއްގެ ގޮތުގައި “ޑިމޮކްރެޓްސް” ބޭނުން ކުރުމަށެވެ.

މީގެއިތުރުން ލޯގޯއާއި ބެހޭ ތަފްސީލުގައި ހަސަން ވިދާޅުވީ، އެ ކުރެހުން ރަމްޒުކޮށް ދެނީ ދިވެހި ރުކާއި މުރަކަ ކަމަށެވެ.

ޑިމޮކްރެޓްސްގެ ކުލައެއްގެ ގޮތުގައި ފާސް ކުރީ، ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށުނީއްސުރެ ބޭނުން ކުރަމުން އައި މަޑު ނޫކުލަ އެވެ. އާއްމުންނަށް ހިޔާލަށް ހުޅުވާލި އިރު ޕާޓީގެ ކުލައެއްގެ ގޮތުގައި ކަޅު ކުލަ އާއި ހުދު ހިމެނެ އެވެ. އެކަމަކު މެމްބަރުން ވޯޓު ދިނީ ނޫ ކުލައަށެވެ.

މިރޭ ކުރިޔަށް ދާ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ޖަލްސާއަށް ދައުވަތު އެރުވި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާއި، އެމްއެންޕީން ވަނީ ބައިވެރިވެފަ އެވެ.

ވަރަށް ގަދަ
73%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: