ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނާއި ގުޅޭގޮތުން އަދީބު ދޮގު ހެކި ބަސް ދޭން ޖެހޭ ސަބަބެއް ނެތް: ދައުލަތް

ކުރީގެ ރައީސް ޔާމީން އާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކި ބަހާއި ނުލައި ވެސް އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ކުރެވޭނެކަމަށް ދައުލަތުން ހައިކޯޓުގައި ބުނެފި އެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެ ދަށު ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައި ވަނީ ތިން އަހަރުގެ ހުކުމެކެވެ.

ހައިކޯޓުގައި ކުރިޔަށް ދާ މި މައްސަލައިގެ އިސްތިއުނާފުގައި، ރައީސް ޔާމީންގެ ފަރާތުން ގިނަ ނުކުތާތައް ހުށަހަޅުއްވާފައި ވެއެވެ. އެ ނުކުތާތަކުގެ ރައްދުގައި ދައުލަތުން ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކިންގެ ގޮތުގައި އަދީބާއި ޒިޔަތު ހުށަހެޅީ މައްސަލައިގެ ބާވަތުންނާއި އަދި އެއީ އެހެން ގައުމުތަކުގައި ވެސް ޕްރެކްޓިސް ކުރާ އުސޫލަކަށް ވާތީ ކަމަށެވެ.

ދައުލަތުން ބުނީ ކޮރަޕްޝަން ފަދަ އަމަލުތަކަކީ މަދު ބަޔަކު ޝާމިލުވާގޮތަށް ހިންގާ ކުށްތަކެއް ކަމަށެވެ. މިސާލެއްގެ ގޮތުގައި ދައުލަތުން މިއަދުގެ އަޑުއެހުމުގައި ވެސް ފާހަގަކުރީ ބްރެޒިލްގައި ހިނގައިދިޔަ ކޮރަޕްޝަންގެ މައްސަލަ އެވެ.

އަދީބާއި، ޒިޔަތު ހެކިންގެ ގޮތުގައި ބޭނުން ނުކުރެވޭނެކަމަށާއި އެއީ ދެ ފާސިގުންކަމަށް އަދި ދެ މީހުންގެ ހިތުގައި ވެސް ރައީސް ޔާމީނާއި މެދު ރުޅިވެރިކަމާއި ނަފްރަތު އޮންނާނެކަމަށް ދިފާއުން ފާހަގަކުރާތީ ރައްދުގައި ދައުލަތުން ބުނެފައި ވަނީ ހެކި ބަހަށް ބާރު ދޭ އެހެން ހެކިތައް އެބަހުރި ކަމަށެވެ. އަދި އަދީބާއި، ޒިޔަތު ދޮގު ހެކި ބަސް ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ބުންޏެވެ. އެގޮތުން ޔޫސުފް ނައީމާއި، ރައީސް ޔާމީން ދެމެދު އޮތް ގުޅުމާއި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އާރަށް ބަދަލު ކުރުން އަދި ރަށުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އަދި ރަށުގެ އެއްބަސްވުމުގައި ސޮއި ކުރުމާއި އެކު އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވިކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

ދައުލަތުން ބުނީ މިއީ ރައީސް ޔާމީންގެ އާމްދަނީ އާއި ނުބައްދަލު އަދަދެއް ކަމަށެވެ. އެ ފައިސާއަކީ ޑޮލަރުގެ މުއާމަލާތެއްކަމަށް ރައީސް ޔާމީންގެ ފަރާތުން ބުނެފައި ވީނަމަވެސް އެކަން ސާބިތުކޮށް ނުދެވޭ ކަމަށެވެ. އަދި އެ ކަމާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުން އެއީ ކުށްކޮށްގެން ހޯދި ފައިސާކަން އެނގެން އެބައޮތްކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ޑޮލަރުގެ މުއާމަލާތުގެ ވާހަކަތައް ސާބިތު ކުރުމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމި ނިންމުން ރަނގަޅުކަމަށް ދައުލަތުން ބުންޏެވެ. އޭގެ ސަބަބެއްކަމަށް ދައުލަތުން ބުނީ ދިފާއީ ހެކިވެރިންގެ ހަނދާނުގައި ބައެއް މުހިންމު ކަންކަން ނެތުމާއި އަދި ބުއްދިއަށް ގަބޫލު ނުކުރެވޭފަދަ ވާހަކަތައް ކޯޓުގައި ދައްކާފައިވުމެވެ.

ދައުލަތުގެ ވާހަކަތަކުގެ ރައްދުގައި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ދައުލަތުގެ ފަރާތުން ކުށް ސާބިތު ކުރުމަށް އެއްވެސް ފެކްޓެއް ހުށަހަޅާފައި ނެތް ކަމަށެވެ. ދައުލަތުގެ ވާހަކަތައް އެއްކޮށް ބިނާ ވަނީ ހިޔާލީ ވާހަކަތަކެއްގެ މައްޗަށްކަމަށް ދައުލަތުން ބުންޏެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ހަސަން ޝަފީއު އާއި، ފަނޑިޔާރު މުހައްމަދު ސަލީމްގެ އިތުރުން ފަނޑިޔާރުން ހުޒެއިފާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: