ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންކުންފުނީގެ ބިލުތަކުގެ ޖޫރިމަނާ މާފުކޮށްދެނީ!

ދިވެހިރާއްޖޭގެ ފެންކުންފުނި އެމްޑަބްލިޔުއެސްސީހެ މައި އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ވޯޓަރ އެރޭޓެޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް(އެމްޑަބްލިޔުއެސްސީ) އިން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ފެނުގެ ހިދުމަތުގެ އަގު އަދާކުރުމުގައި ޖޫރިމަނާއަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.

ފެން ކުންފުނިން ބުނީ ބިލްތަކުގެ ޖޫރިމަނާ މާފުކޮށްދޭނީ މިއަހަރުގެ ނިޔަލަށް ކަމަށެވެ.

ފެން ބިލުތަކަށް އަރާ ޖުރިމަނާ ފައިސާ، ފެންކުންފުނިން ދަނީ އަބަދުވެސް މައާފްކޮށްދެމުންނެވެ. އެގޮތުން ފެނުގެ އެންމެހައި ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތަށް ފައިސާ ދެއްކުމުގެ އިންތިޒާމް އެކުންފުނިން އަބަދުވެސް ފޯރުކޮށްދެއެވެ. އެގޮތުން ފެން ބިލް ދެއްކުމަށް ކުންފުނީގެ ފަރާތުން މޯބައިލް އެޕްލިކޭޝަނެއް ވަނީ ތައާރަފްކޮށްފައެވެ. މީގެ އިތުރުންވެސް ފެނާއި ނަރުދަމާގެ ހިދުމަތް އެކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ދެމުންކަންވެސް ފާހަގަކޮށްލެވެއެވެ.

ފެންކުންފުނީގެ އައު ފެނުގެ ހިދުމަތާއި، ބޫސްޓަރ ޕަމްޕް ގުޅައިދިނުމާއި ކޮމާޝަލް ވޯޓަރ މީޓަރާއި ޑޮމެސްޓިކް މީޓަރުތަކުގެ ޓެރިފް ރޭޓްތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ކަސްޓަމަރުން ދައްކަންޖެހޭ ފައިސާ އިންސްޓޯލްމެންޓް އުސޫލުން ދެއްކޭނެ ނިޒާމު އެކުންފުނީގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުއަރޓަރކޮށް ދެމުންގެންދެއެވެ.

ފެނުގެ ހިދުމަތުގެ އަގަށްވާ ފައިސާ ކޮންމެ މަހަކު ދެއްކުމަށްފަހު ނުވަތަ  ގަވާއިދުން ބިލުތައް ނުދައްކާ ފަރާތްތަކަށް އަރާ ޖުރިމަނާގެ ފައިސާ، ފެންކުންފުނީގެ ފަރާތުން މައާފްކޮށްދިނުން ހިމެނެއެވެ.

ޖުރިމަނާ ފައިސާ މައާފްކޮށްދޭނީ އެކަމަށް އެދި ކަސްޓަމަރުން ނުވަތަ ކޮންސިއުމަރުން، އީމެއިލް ނުވަތަ ލިޔުމަކުން އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ފްރަންޓް އޮފީހަށް ހުށަހެޅުމުން ކަމަށްވެސް އެކުންފުނިން ބުނެއެވެ. ފެންބިލްތަކުގެ ޖުރިމަނާ ފައިސާ ދެއްކުމާއިބެހޭ އިތުރުތަފްސީލް ކުންފުނީގެ ވެބްސައިޓްގެ އިތުރުން މީސްމީޑިއާ މަންސަތަކުން ލިބެންހުންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: