ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ގޮންޖެހުންތަކާއެކު ފާއިތުވެދިޔަ 4 އަހަރު ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވިއްޖެ: ޝާހް

މޯލްޑިވްސް ވޯޓަރ އެންޑް ސިއުވަރޭޖް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ، ހަސަން ޝާހު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި ގިނަ ގޮންޖެހުންތަކާއެކު ތާރީހީ ކުރިއެރުންތަކާއި އެކު ފޮނި ކާމިޔާބީއެއް ހާސިލްކުރެވިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން ޝާހް ވިދާޅުވެއްޖެއެވެ.

އެމްޑަބްލިޔުއެސްސީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ޝާހު ވިދާޅުވީ އެކުންފުންޏާއި ހަވާލްކޮށްގެން ސަރުކާރުން 21 ރަށެއްގައި ފެނާއި ނަރުދަމާގެ 68 މަޝްރޫއެއް ހިންގަމުންދާ ކަމަށެވެ.

ޝާހު ވިދާޅުވީ 40 މަޝްރޫއެއްގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަޝްރޫއުތަކުގެ މަސައްކަތުގެ ބޮޑުބައި ފުރިހަމަކޮށް ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން މިހާތަނަށް މިދައުރުގެ ތެރޭގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް 1 ބލިއަން ރުފިޔާގެ މަޝްރޫއު ހިންގާފައިވާ ކަމަށްވެސް ޝާހް ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ރާއްޖޭގެ 32 ރަށެއްގައި ކުންފުނީގެ ފަރާތުން ފެނާއި ނަރުދަމާގެ މަސައްކަތް ގާއިމްކުރުމުގެ މަސައްކަތް ކުތަމުންދާއިރު ބައެއް ރަށްތަށުގެ މަސައްކަތް މިވަގުތު ވަނީ ނިމިފައި ކަމަށެވެ.

ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޯށްދިނުމަށް ގިނަ މަސައްކަތްތަކެއް ފެން ކުންފުނިން ކުރަމުންދާ ކަމަށް ޝާހު ވިދާޅުވިއެވެ. އެގޮތުން ކުންފުނީގެ ސީއެސް އާރުގެ ދަށުން 47 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ކުންފުނީގެ ފަރާތުން ކޮންމެ އަހަރަކުވެސް އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހާއްސަ އެވޯޑްތަކެއް ވަނީ ދީފައެވެ. އަދި ކުންފުނީގެ ފަރާތުން ދޭ އެންމެ ހާއްސަ އެވޯޑް، ފޯރ އެކްސަލެންސް އެވޯޑް ވެސް ވަނީ ދީފައެވެ. މި އެވޯޑަކީ ކުންފުނީގެ ކުރިއެރުމާއި ތަރައްގީއަށް ފާހަގަކުރެވޭ، އަގުހުރި، އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން، ކުންފުނީގެ ތަސައްވުރު ކުރިއެރުވުމަށް ކެނޑިނޭޅި މަސައްކަތް ކޮށްދޭ ފަރާތަކަށް ދޭ އެވޯޑް އެއް އެެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކަމާއެކު ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

މާލޭގެ އިތުރުވަމުންދިޔަ އާބާދީގެ ފެނާއި ނަރުދަމާގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ މަގެއް ތަނަވަސްކޮށްދިނުމުގެ ގޮތުން އެމްޑަބްލިޔުއެސްސީ ވުޖޫދުވެގެން އައިސްފައިވަނީ 1995 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް މިއަދު ކުންފުންޏަށް 28 އަހަރު ފުރިގެންދިޔައިރު އެމްޑަބްލިޔުއެސްސީ އަކީ ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ އިތުރުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިންޖިނިއަރިންގ އަދ މެނުފެކްޗަރިންގ ގެ މަސައްކަތް ކުރަމުންދާ އެއް ކުންފުންޏެވެ.

އެމްޑަބްލިޔުއެސްސީ އިން ގްރޭޓަރ މާލެ ރީޖަންގެ އިތުރުން ހދ ކުޅުދުއްފުށި އަދި ރ ދުވާފަރުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުން އަންނައިރު ދުވާފަރުގައި އެކުންފުނިން ދަނީ ކަރަންޓާއި ކުނި މެނޭޖްކުރުމުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: