ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށްވުރެ ގާސިމަށް އަދިވެސް ރަނގަޅުވާނީ ރައީސް ސާލިހް: އެމްޑަބްލިޔުއެސްސީ އެމްޑީ ޝާހު

މޯލްޑިވްސް ވޯޓަރ އެންޑް ސިއުވަރޭޖް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ، ހަސަން ޝާހު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވުރެ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް އަދިވެސް ރަނގަޅުވާނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރު ހަޝަން ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ގާސިމަށް އެކުގައި ކުރިއަށް ދިއުމަށް ހުރިހާ ގޮތަކުންވެސް ރަނގަޅުވާނީ ރައީސް ސާލިހް ކަމަށާއި އޭނާގެ އެ ޕޯސްޓަށް ތަފާތުއެކި ނަންނަމުގައި ގޮތް ނޭނގޭ ފަރާތްތަކުން ކޮމެންޓް ކުރެވިދާނެ ކަމަށެވެ.

ނުފޫޒާއި ބާރުގަދަ ކަމާއި ގޮތްދޫނުކުރަނީ ކާކުކަން އެންމެނަށް މިހާރު އެނގިގެން ދާނެ ކަމަށްވެސް ޝާހުވަނީ ވިދާޅުވެފައެވެ.

ޝާހު ވަނީ ޖުމްހޫރީ ޕާޓީން ދާދި ފަހުން ވަކިވެ ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަން ހާމަކޮށްފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް  އަށް ޝާހު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ ރައީސް ސާލިހް މަސައްކަތް ކުރެއްވީ ގައުމަށް ހަމަޖެހުމާއި ތަރައްގީ ގެނެސްދިނުމަށްކަމަށެވެ. އަދި ރައީސް ސާލިހް ވަނީ ގައުމު ތަރައްގީ ކޮށްދެއްވާފައި ކަމަށާއި އެހެންކަމުން ދެން އަންނަ ދައުރެއް ވެސް ރައީސް ސާލިހަށް ކާމިޔާބު ކޮށްދިނުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށް ވެސް ޝާހު ވަނީ ވިދާޅުވެފައެވެ.

ޝާހުގެ އިތުރުން ޖުމްހޫރީ ޕާޓީން ސަރުކާރުގެ މަގާމުތަކުގައި ތިބި ބައެއް ބޭފުޅުން ވަނީ އިސްތިއުފާދީފައެވެ. އޭގެތެރޭގައި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް އާއި ހެރިޓޭޖް މިނިސްޓްރީގެ ނައިބު ވަލީދާ ވަލީދުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި އިމިގްރޭޝަންސް ކޮންޓްރޯލަރ މުހައްމަދު އަހްމަދު (ހަނަފީ) ގެ އިތުރުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި އާމިނަތު މުަހައްމަދު ސަލީމް (ސޯނީ) ވެސް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެފައެެވެ.

ޖޭޕީން ވަކިވި ހުރިހާ މެމްބަރުންވެސް ވަނީ އެބޭފުޅުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: