ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ކުރާ މަސައްކަތަކީ “ބޮލަށް ދޮލަނގެއް ލައިގެން، ދޮލަނގަށް ފިތުނަ ލައިގެން” ފިތުނަ ވިއްކުން: ޝާހިދު

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރައީސް ސާލިޙްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި ވާދަވެރި ސިޔާސީ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތަކީ “ބޮލަށް ދޮލަނގެއް ލައިގެން، ދޮލަނގަށް ފިތުނަ ލައިގެން” ފިތުނަ ވިއްކުމުގެ މަސައްކަތް ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙްގެ “އުފާވެރި އަމާން ރާއްޖެ” ކެމްޕެއިން ރަސްމީކޮށް ފެށުމަށް ށ. ފޯކައިދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ރައީސް ސާލިޙްއާއި ވާދަވެރި ފަރާތްތަކުން ހަރުދަނާ އެއްވެސް ސިޔާސަތެއް ނުގެންގުޅޭ ކަމަށާއި އޭގެ ބަދަލުގައި ކުރާ ހަމައެކަނި މަސައްކަތަކީ ފިތުނަ ވިއްކުން ކަމަށެވެ.

އދ އާންމު މަޖިލީޙުގެ ރައީސްކަން ވެސް ކުރައްވާފައިވާ އަބްދުﷲ ޝާހިދު ވިދާޅުވީ ވާދަވެރި ފަރާތްތަކުން ވިއްކާ އެ ފިތުނަ މިއަދު ރައްޔިތުން ބަލައި ނުގަންނަ ކަމަށާއި ހަރުދަނާ ސިޔާސަތެއް ނެތުމުން ވާދަވެރިން މިހާރު ވެސް ތިބީ ބޮޑުތަނުން ބަލިވެފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރައީސް ސާލިޙްއާއި ވާދަވެރި ފަރާތްތަކުން ހަރުދަނާ ސިޔާސަތެއް ނެތި ފިތުނަ ވިއްކަމުން ދިއުމުގެ މަގުސަދަކީ ދިވެހި ގައުމުގެ ޒުވާން ޖީލު ހަލޫކޮށް ރައްޔިތުންގެ ހިތްކުގައި ބިރުވެރިކަން އުފެއްދުމެވެ. ނަމަވެސް ވާދަވެރިން ވިއްކާ އެ ފިތުނަ ވިއްކަ ނުދެއްވާނެ ކަމަށާއި މިއަހަރުގެ ރިޔާސީ އިންތިހާބު ބޮޑުތަނުން ރައީސް ސާލިޙް ކާމިޔާބު ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު މިހާރު ވެސް ބޮޑުތަނުން ރައީސް ސާލިޙް ކާމިޔާބު ކުރައްވާފައިވާ ކަމުގެ ހެއްކަކީ ރައީސް ސާލިޙް ށ. އަތޮޅަސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފެނެނު މަންޒަރާއި ލިބުނު ތާއިދު ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޮޑުތިލަދުންމަތިން ވާދަވެރިންނަށް ލިބޭނެ އެއްވެސް ވޯޓެއް ނެތް ކަމަށާއި އިންތިހާބު ބޮޑުތަނުން ރައީސް ކާމިޔާބު ކުރައްވާނެ ކަމަށް ތަކުރާރުކޮށް ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: