ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރާސްފަތި ދުވަހު ރައީސް ނަޝީދު ޑިމޮކްރެޓްސްއަށް ސޮއި ކުރައްވަނީ!

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ގެ ތެރެއިން؛ ރައީސް ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހަފްތާގެ ބުރާސްފަތި ދުވަހު އާޓިފިޝަލް ބީޗުގައި ބާއްވާ ދި ޑިމޮކްރެޓްސް ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއަށް ސޮއި ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ސަރުކާރާއި މެދު ހިތްހަމަނުޖެހޭތީ، އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރާ މެމްބަރުން އެންމެ ބޮޑަށް ވާހަކަ ދައްކަވަނީ ރައީސް ނަޝީދުގެ ދިފާއުފަ އެވެ. އަދި ޑިމޮކްރެޓްސްގެ ދެ ހަރަކާތަކުން ރައީސް ނަޝީދު ފެނިފައި ވީނަމަވެސް އެމަނިކުފާނު ޕާޓީއަށް ސޮއިކޮށްފައި ނުވަނީ ކީއްވެގެން ތޯ ނޫސްވެރިން ވެސް ޕާޓީގެ އިސް ބޭފުޅުންނާއި ސުވާލު ކުރި އެވެ.

“ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ވިދާޅުވީ ޑިމޮކްރެޓްސްގެ ޖަލްސާއެއް އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި ރައީސް ނަޝީދު އެރޭގެ ބައްދަލުވުމުގައި ޕާޓީއަށް ސޮއި ކުރައްވާނެ ކަމަށެވެ. އާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުރަށް، ޕާޓީއާއި އެހެން ބައެއް މެމްބަރުންތައް ވެސް އަލަށް ގުޅޭނެކަމަށެވެ.

އެބޭފުޅުންގެ ނަންތައް އާޒިމް ހިއްސާ ނުކުރެއްވި ނަމަވެސް، ބެލެވޭ ގޮތުގައި އެއީ އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއާއި ގުޅޭނެ މެމްބަރުންނެވެ. އެގޮތުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ފަސް މެމްބަރަކު ސޮއި ނުކުރާކަން އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ނޫސްވެރިންނާއި ހިއްސާކުރިއިރު ޕާޓީއާއި ވަކިވާނެކަމަށް އަޑުތައް ފެތުރިފައިވާ މެމްބަރުން މިފަހުން ސަރުކާރުގެ ދިފާއުގައި ވާހަކަ ނުދައްކަވަ އެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ވަކިން އެހެން ތަނަކަށް ޖަމާވާން ޖެހުނީ އުންމީދުތައް ގެއްލިގެން ދިއުމުން ކަމަށެވެ. ރާއްޖޭގެ ޝަރުއީ ނިޒާމު ދޯދިޔާވެ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާއިރު މިއަދު މިނިވަން މުވައްސަސާއެއްގެ މަސައްކަތްތައް އެއީ އިހުލާސްތެރި ތެދުވެރި މަސައްކަތެއްކަމަށް ގަބޫލު ކުރާ ރައްޔިތެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ މިއަދު ސަރުކާރަށް ގަބޫލު ކުރެވޭ ގޮތުގައި، ކަންކަން ހާސިލު ކުރެވެން އޮތީ ކޮންޓްރެކްޓުތައް ދީގެންނެވެ. އެއީ އުމްރާނީ ތަރައްގީކަމަށް ސަރުކާރުން ދެކޭކަމަށާއި، ވެރިކަމަށް އައުމަށް ވީ ވައުދުތައް އެއްފަރާތްކޮށް ކިރިޔާ ވެސް ޕްރޮޖެކްޓެއް ހިންގަނީ ހެޔޮ ނިޔަތެއްގައި ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރައްވައި، ރައްޔިތުންގެ ތާއީދު ލިބިދާނެކަމަށް ރައީސް ނަޝީދު ގަބޫލު ނުކުރައްވަ އެވެ. އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި، ސިޔާސަތުތަކާއި ރައީސް ސޯލިހު ތަކުރާރުކޮށް ހިލާފުވިކަމުގެ ތުހުމަތާއި ރައީސް ނަޝީދު ގެންދަވަނީ މި ސަރުކާރު ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
70%ވަރަށް ގަދަ 30%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: