ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަކީ ދިވެހި ރައްޔިތެއް، އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ./ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދޭން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ގޮވާލައިފި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވާ ގާސިމް ވިދާޅުވީ އައު ގާނޫނު އަސާސީ ވުޖޫދު ކުރުމުގެ އެންމެ މައިގަނޑު އަސާސަކީ ވެސްމިނިވަންކަމާއި އިންސާފުވެރިކަމާއި އެކު އަދުކު އިންސާފު ގާއިމުކޮށް ރައްޔިޔުންގެ އަސާސީ ހައްގުތަކާއި، މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ.

އެހެންކަމުން، އޭގެ ދަށުން އެ ލިބޭ ހައްގުތައް ރައީސް ޔާމީނަށް ވެސް ފުރިހަމައަށް ލިބިދޭންޖެހޭކަން ފާހަގަކޮށް ގާސިމް ވިދާޅުވީ ރައީސް ޔާމީންކަމުގައިވިޔަސް ހިންގަން ޖެހޭނީ އިންސާފުވެރި ޝަރީއަތެއް ކަމަށެވެ.

ގާސިމް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭކަން ގާނޫނު އަސާސީގައި ބަޔާން ކުރާކަމަށެވެ. އެއީ އަސާސީ އަދިއިންސާނީ ހައްގެއްކަން ވެސް ގާސިމް ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި އެއްވެސް ލަސްކަމެއް ނެތި، ހަމަހަމަކަމާއި އެކު އިންސާފު ގާއިމް ކުރުމަަށް ގޮވާލައި ގާސިމް ވިދާޅުވީ މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ،އިންސާފުގެ މަގު ހޯދުމަށް ކުރި ދަތުރުގައި ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވައުދުވީ ގޮތަށްތޯ ސުވާލު އުފެދޭ ކަމަށެވެ.

ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދޭން ގާސިމް ގޮވާލާފައި މިވަނީ، ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އެމަނިކުފާނުގެ 11 އަހަރުގެ ޖަލުހުކުމުގެ އަޑުއެހުންތައް ޕާކުވެފައި ވަނިކޮށެވެ. މައްސަލަ ބައްލަވާ ދެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާއި އެކު، ދެން މައްސަލައިގެ އަޑުއެހުމެއް ބޭއްވޭނުދުވަހެއް ނޭނގެ އެވެ.

ރައީސް ޔާމީނަކީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓެވެ. އެކަމަކު މިވަގުތު ހުކުމުގެ ސަބަބުން އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެވިދާނެކަމާއި މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: