ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރުމުގެ ދައުވަތަށް އިދިކޮޅުން ދެއްކި ފޯމިއުލާއަކީ ޔާމީން!

ޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ޔާމީނަށް އަރުވަނީ/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލި ކުރުމަށް އޮތް އެއް ކެނޑިޑޭޓަކު ނެރުމުގެ މަޝްވަރާއެއް ކުރާނަމަ އެ ފޯމިއުލާއަކީ އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަ ހަފްތާގައި ފޯމު ހުށަހެޅުމަށް ހުޅުވާލާއިރު، ކެނޑިޑޭޓުންނާއި މެދު އަދިވެސް ވަނީ ސުވާލުތައް އުފެދިފަ އެވެ. ބައެއް ބޭފުޅުން ރިޔާސީ އިންތިހާބަށް ދަތުރުތައް ފަށައި، ކެމްޕެއިންތައް ކުރާއިރު މިއަދުގެ ވަގުތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވަނީ ބައްދަލުކޮށް އެއް ކެނޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ކުރިޔަށް ގެންގޮސްފަ އެވެ.

ޕީޕިއެމާއި، އެމްއާރުއެމް އެއްބަސްވާނަމަ އިންތިހާބުގައި އެއް ކެނޑިޑޭޓަކު ނެރުމަށް އެ ތިންބޭފުޅުން ވެސް އެއްބަސްވީއިރު، އެ މަޝްވަރާތައް ބްރޭކްޑައުންވުމުގެ ފުރުސަތު ވެސް ބޮޑެވެ.

މީޑިއަތާކާއި ބައްދަލުކޮށް ރައީސް ނަޝީދާއި، ނާޒިމް އަދި ގާސިމް ދެއްކެވި ވާހަކަތަކާއި ގުޅިގެން ބަޔާނެއް އާއްމުކޮށް ޕީޕީއެމް، ޕީއެންސީން ބުނީ އެ މަޝްވަރާތަކަށް މަރުހަބާ ކިޔާ ކަމަށާއި، ބޭނުން ވަނީ އެއްބަސްވެވޭ އެއް ކެނޑިޑޭޓަކީ ރައީސް ޔާމީންކަމުގައި ކަނޑައަޅަން ކަމަށެވެ.

މިއަދު 3 ޕާޓީއަކުން ބައްދަލުވެ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ޕީޕީއެމް އެއްބަސްވާނަމަ އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވާ ކަމަށް ވިދާޅުވެ މީޑިއާތަކަށް ދެއްވާފައިވާ މަޢުލޫމާތާއި ގުޅިގެން މި ކޯލިޝަނާއި މީޑިއާ ތަކުން ކުރަމުން ގެންދާ ސުވާލުގެ ޖަވާބުގައި ދަންނަވަމެވެ. އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ ޕާޓީތަކުން އެއްބަސްވެވަޑައިންނަވާ ކެންޑިޑޭޓް ކަމުގައި ހަމަޖެއްސެވުމަކީ މިޕާޓީން އެދޭ ގޮތެވެ. އަދި އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިންމުމުގައި ޕާޓީތަކުން ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް މިކޯލިޝަނުން މަރުޙަބާ ކިޔައި ޝުކުރު ދަންނަވަމެވެ

އިދިކޮޅުގެ ބަޔާނުގައި ވަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށާއި، ޕާޓީގެ ސެނެޓުން ނިންމި ނިންމުމާއި އެއްގޮތަށް އެމަނިކުފާނަށް ރިޔާސީ ޓިކެޓު ވެސް އަރުވާފައިވާ ކަމަށެވެ. އަދި އިދިކޮޅުން ރިޔާސީ އިންތިހާބަށް ގިނަ މަސައްކަތްތައް ކުރާއިރު، އަމާޒަކީ ކާމިޔާބު ކުރުންކަމަށް ބަޔާނުގައި ވެއެވެ.

ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށްވެފައިވާއިރު، ރައީސް ސޯލިހު ގެންދަވަނީ ރަށްތަކަށް ކެމެޕެއިން ދަތުރުތައް ކުރައްވަމުންނެވެ. އަދި އިދިކޮޅު ޕާޓީތައް މިއަދު އިތުރު މަޝްވަރާތައް ކުރިއިރު މީގެ ކުރިން ވެސް ކުރިޔަށް ގެންދިޔަ މިފަދަ މަޝްވަރާތަކަށް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ.

ކެމްޕެއިންތަކުގައި ރައީސް ސޯލިހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ރައްޔިތުންގެ ބޮޑު ތާއީދަކާއި އެކު ކަމަށެވެ. އަދި އެމަނިކުފާނަށް އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 72%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: