ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ އެދުމަށް އިދިކޮޅު ޕީޕީއެމާއި، އެމްއާރުއެމް މަޝްވަރާތަކަށް!

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ދެމެދު މަޝްވަރާތައް ފަށައިފި އެވެ.

އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ރައީސް މައުމޫންގެ ކޮއްކޯފުޅެވެ. ރައީސް ޔާމީންގެ ވެރިިކަމުގެ ދުވަސްވަރުގެ ތެރޭގައި، 2018 ގެ ފެބްރުއަރީ 01 ގެ އަމުރުގެ މައްސަލައާއި އަދި އޭގެ ކުރީން ވެސް ދިމާވި އެކި މައްސަލަތަކާއި އެކު އެ ދެބޭފުޅުންގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށާއި، ޕީޕީއެމްގެ އެތެރޭގެ ކޮންޓްރޯލާއި ގުޅުން ހުރި މައްސަލަތަކުގެ ތެރެއިން ރައީސް މައުމޫން ޖެހިވަޑައިގަތީ އެ ޕާޓީ ދޫކުރައްވާށެވެ. އެއަށް ފަހު އެމަނިކުފާނުގެ އަރިސް މެމްބަރުންނާއި އެކު އުފެއްދީ އެމްއާރުއެމް އެވެ.

2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް، ރައީސް މައުމޫން މަސައްކަތް ކުރެއްވި އިރު އެމަނިކުފާނާއި ދަރިކަލުން ފާރިސް މައުމޫން ޖަލުގައި ދުވަސްތައް ހޭދަ ކުރަން ޖެހުނެވެ. ދެ ބޭފުޅުންގެ ގުޅުން ރަނގަޅު ވެދާނެކަމަށް، ނުވަތަ ސުލްހަ ވެދާނެކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރެ އެވެ. ސަބަބަކީ އެކި ޖަލްސާތަކާއި ރަސްމިއްޔާތުތަކުގައި ރައީސް ޔާމީން ވަރަށް ފާޅުގައި ރައީސް މައުމޫނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި ވުމެވެ. އަދި ފާރިސް މައުމޫނާއި، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ރައީސް މައުމޫނާއި މެދު ރައީސް ޔާމީން ކަންތައް ކުރެއްވި ގޮތާއި ގުޅުވައި ފާޑުވިދާޅުވެ އެވެ.

މިވަގުތު ރައީސް މައުމޫންގެ ދަރިކަލުން އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ހުންނެވީ ރައީސް ޔާމީނާއި އެކު އެވެ. އަދި ރައީސް ޔާމީނަށް އިންތިހާބުގައި ކުރިމަތި ނުލެވޭ ހާލަތެއްގައި، ޣައްސާނަކީ ކެނޑިޑޭޓަށް ވެދާނެކަމަށާއި، އެ ޝައުގުވެރިކަން ޣައްސާންގެ ހުރިކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

މި ރިޕޯޓުތަކާއި އެކު، އިތުބާރު ހުރި މަސްދަރުތަކުން “ސަންގު” އަށް މައުލޫމާތު ލިބޭ ގޮތުގައި ޕީޕީއެމް/ޕީއެންސީ އާއި އެމްއާރުއެމް ދަނީ 2023 ގެ ރިޔާސީ އިންތިހާބަށް އެކުގައި ކުރެވޭނެ މަސައްކަތްތަކާއި ގުޅޭ މަޝްވަރާ ކުރަމުންނެވެ. އަދި ވަރަށް އަވަހަށް އެމްއާރުއެމްގެ ލީޑާޝިޕް ރައީސް ޔާމީނާއި ބައްދަލު ކުރުމަށް މާފުށި ޖަލަށް ވަޑައިގަންނަވާނެކަމަށް މައުލޫމާތު ލިބެ އެވެ. އެނގިފައިވާ ގޮތުގައި މި މަޝްވަރާތައް ކުރަނީ ރައީސް ޔާމީންގެ އެދުމަށެވެ.

އެކަމަކު މިކަމާއި ބެހޭ ގޮތުން އިދިކޮޅު ކޮންގްރެސް ކޯލިޝަނަށް ގުޅުމުން ބުނީ، އެފަދަ މަޝްވަރާތަކެއް ނެތް ކަމަށެވެ. އެހެން ނަމަވެސް، އެމްއާރުއެމްގެ މަސްދަތުރުތަކުން އެފަދަ މައުލޫމާތުތަކެއް ވަނީ ލިބިފަ އެވެ.

ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މިހާރު ވެސް އެމްއާރުއެމް އޮތް އިރު، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކަށް އެބޭފުޅުން ގެންދަވަނީ ފާޑުކިޔަމުންނެވެ. އަދި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފުއްދައި ނުދެވި ހުރި ވައުދުތައް ވެސް އެ ޕާޓީން ފާހަގަ ކުރެ އެވެ.

މެމްބަރުން ހަމަނުވުމުގެ ސަބަބުން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ، އެމްއާރުއެމްގެ 3000 މެމްބަރުން ހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި އޮތުމުގެ ސަބަބުން އެ ޕާޓީ އުވާލުމަށް ކޮމިޝަނުން ނިންމި އެވެ. އެކަމަކު މައްސަލަ ކޯޓަށް ހުށަހަޅައި، ފޯމުތައް ޕްރޮސެސް ނުކުރާކަމަށް ބުނުމުން އެ މަރުހަލާ އޮތީ ކޯޓުގަ އެވެ.

އިންތިހާބަށް އެމްއާރުއެމް ގޮތެއް އަދިވެސް ސީދާ ނިންމާފައި ނުވާތީ، ސަރުކާރު މެމްބަރުން ވެސް ތިބީ އެކަމަށް ވަރަށް ބޮޑަށް ނުރުހިފަ އެވެ. އެކަމަކު އެމްއާރުއެމް ބުނީ އެއީ ވަރަށް ގިނަ މަޝްވަރާއާއި އެކު ނިންމަން ޖެހޭ ނިންމުމެއް ކަމަށެވެ. އެހެންކަމުން، އިދިކޮޅާއި އެކު ވެސް ކުރިޔަށް ދެވޭނެ ގޮތްތައް ހޯދުމަށް ވާހަކަ ދައްކާނެކަން މީގެ ކުރިން ވެސް އޮތީ ހާމަކޮށްފަ އެވެ.

މި އަޑުތައް ފެތުރިފައި ވަނިކޮށް، އެމްއާރުއެމްގެ ރައީސް ފާރިސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން އުޅޭކަމަށް އަޑުތައް މިއަދު ވަނީ ފެތުރިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 64%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 18%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: