ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ އިސްތިއުނާފު ލަސްވާތީ ހުށަހެޅި މައްސަލަ ވެސް ބޭރު

ކުރީގެ ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ އައު މައްސަލަ ވެސް އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ކެނޑިޑެސީ ފޯމު ހުށަހެޅުމުގެ ފުރުސަތު އޮގަސްޓު 07 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ލިޔެކިއުންތަކުގައި ސޮއި ކުރައްވާފަ އެވެ. އަދި ކުރިޔަށް ހުރި ދުވަސްތަކުގެ ތެރޭގައި ރައީސް ޔާމީންގެ ފޯމު ހުށަހެޅުމަށް އިދިކޮޅުން ތައްޔާރުވަމުންދާއިރު، ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ގާނޫނީ ގޮތުން ބަލާއިރު އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

އިންތިހާބަށް އީސީން ހުޅުވާލުމުގެ 24 ގަޑިއިރު ކުރިން، ސުޕްރީމް ކޯޓަށް އިންތިހާބާއި ގުޅުން ހުރި މައްސަލަ ހުށަހެޅުމުން އެ މައްސަލަ ޖެހިގެން އައި ދުވަހު ބޭރު ކުރި އެވެ. ރެޖިސްޓްރާގެ އެ ނިންމަށް ފަހު މިއަދު ވެއްދިން މުޅިން އާ މައްސަލަ ވެސް ބޭރުކޮށްލާފައި ވަނީ ކޯޓަށް ހުށަހެޅިތާ ދެ ގަޑިއިރު ވެސް ނުވަނީހެވެ.

އެ މައްސަލައިގައި އެދިފައި ވަނީ، އިސްތިއުނާފީ މައްސަލަ ހައިކޯޓުން ކުރިޔަށް ގެންދަނީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ބަޔާން ކުރާ އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތްކޮށް ނިންމުމުގެ ހައްގު ނުލިބޭ ގޮތަށްކަމަށް ކަނޑައަޅައި ދިނުމަށެވެ.

ރައީސް ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރުމަށް އިދިކޮޅުން ކޯޓަށް ހުށަހެޅި މައްސަލަތަކުގެ މާބޮޑު ތަފްސީލެއް ނުލިބެ އެވެ. އަދި ވަކީލުންނާއި އެ ސުވާލު ކުރުމުން ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އެ މައްސަލައިގައި ވަކީލުންގެ މެދުގައި މަޝްވަރާ ކުރުމަށް ވަގުތު ނުލިބޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: