ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރަބާސް އާއި ދިޕިކާގެ ފިލްމު އަނެއްކާވެސް ލަސްކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރަބާސް އާއި ދީޕިކާ ޕަދުކޯން ދާދި ފަހުން ވަނީ ޕްރޮޖެކްޓް ކޭ ގެ ނަމުން ނަން ދީފައިވާ ފިލްމުގެ ފަސްޓްލުކް ޕޯސްޓަރުތަކުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައެވެ. ފިލްމުގެ ޓީޒާ ރިލީޒްކުރުމަށްފަހު މިހާރު ވެސް ގާތްގަނޑަކަށް 22 މިލިއަން ވިއުސް ލިބިފައިވާއިރު، ފޭނުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ.

މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ހަމަޖެހިފައި އޮތީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. ނަމަވެސް ފިލްމު އުފައްދާ ފަރާތްތަކުން މިހާރު ވިސްނަމުން ދަނީ ރިލީޒްކުރާ ތާރީހު 2024 ވަނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހަށް ފަސްކުރުމަށެވެ.

“ކަލްކީ 2898 އޭ ޑީ ޕާޓް 1 ” ނަމަކަށް ކިޔާ ވިޝަންރީ ޕްރޮޖެކްޓަކީ، ކްރިޓިކްސްގެ ތައުރީފު ލިބިފައިވާ “މަހާނަތީ” ގެ މަސައްކަތަށް މަޝްހޫރު، ނާގް އަޝްވިން ޑައިރެކްޓްކޮށް ލިޔެފައިވާ ޕްރޮޖެކްޓެކެވެ. ވިޖަޔަންތީ މޫވީސްގެ 50 ވަނަ އަހަރީ ދުވަހާ ދިމާކޮށް އިއުލާންކުރި މި ފިލްމަކީ 600 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން ތައްޔާރުކޮށްފައިވާ ފިލްމަކަށް ވުމުން، މިއީ އިންޑިއާގެ  މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ފިލްމެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕްރަބާސް، ދީޕިކާ ޕަދުކޯން، އަމީތާބް ބައްޗަން، ކަމަލް ހަސަން އަދި ދިޝާ ޕަޓާނީ ކުޅެފައިވާ މުހިއްމު ރޯލުތައް ހިމެނެއެވެ. ތެލެގޫ އަދި ހިންދީ ބަހުން އެއްފަހަރާ ޝޫޓްކޮށްފައިވާ މި ފިލްމުގައި ސަންތޯޝް ނާރަޔަނަން ހަދާފައިވާ މިއުޒިކާއި ޑިޖޯޑްޖޭ ސްޓޯޖިލްޖްކޮވިޗްގެ ސިނެމެޓޯގްރަފީ އާއި ކޮޓާގިރި ވެންކްޓޭޝްވާ ރާއޯގެ އެޑިޓިން ހިމެނެއެވެ.

“ކަލްކީ 2898 އޭ ޑީ ޕާޓް 1 ” އަކީ އިންޑިއާގެ ސިނަމާއިން، މީގެ ކުރިން ނުފެންނަ ދުނިޔެއަކަށް ބެލުންތެރިން ގެންގޮސްދީ، އެ މީހުންނަށް “އާދަޔާ ހިލާފު އަދި އިމަރސިވް ސިނަމެޓިކް ތަޖުރިބާއެއް” ގެނެސްދޭނެ ފިލްމެއް ކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ. ހުނަރުވެރިކަމާއި ވަސީލަތްތަކުގެ މިފަދަ ހިތްގައިމު ލައިންއަޕާއެކު ބެލުންތެރިން އުންމީދު ކުރަނީ، މި ފިލްމު ބޮކްސް އޮފީހުގައި މީގެ ކުރިން ހިންދީ ސިނެމާއަށް ލިބިފައިނުވާ ކާމިޔާބީއެއް މި ފިލްމަށް ލިބޭނެ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: