ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެޕްޓަން މިލާގެ ޓީޒަރ ދައްކާލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނު އިންޑިޔާގެ މަޝްހޫރު ބަތަލު ދަނޫޝް އޭނާގެ އުފަންދުވަސް ފާހަގަކުރީ “ކެޕްޓަން މިލާ” ގެ ޓީޒާ އޭނާގެ ސޯޝަލް މީޑިއާ ހޭންޑްލްތަކުގައި އާންމުކޮށްގެންނެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމުގެ ހިތްގައިމު ފުރަތަމަ ޓީޒާއިން އެނގެނީ އަރޫން މަތޭޝްވަރަން ޑައިރެކްޓްކުރާ މި ފިލްމަކީ ބެލުންތެރިންނަށް މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ މަންޒަރަކަށް ވާނެ ކަމަށެވެ.

ޕްރޮޑަކްޝަންގެ އެންމެ ފަހު މަރުހަލާގައި އޮތް ތާރީހީ އެކްޝަން-އެޑްވެންޗާ ފިލްމަކީ ތަމިލް ފިލްމު އިންޑަސްޓްރީގައި ކުރިއަށް އޮތް އެންމެ އުންމީދީ އެއް ޕްރޮޖެކްޓެވެ. ދަނޫޝްއާ އެކު ލީޑް ރޯލުން ފެނިގެންދާނީ ޒުވާން ބަތަލާ ޕްރިޔަންކާ އަރުލް މޯހަންއެވެ.

ސަޕޯޓިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ޖޯން ކޮކްކެން އާއި ނިވޭދިތާ ސަތީޝް އެވެ. ސެންދިލް ތިޔާގަރަޖަން އާއި އަރްޖުން ތިޔާގަރަޖަން ގުޅިގެން ނެރޭ މި ފިލްމަކީ ޖީ ސަރަވަނަން އާއި ސައި ސިދާތު ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ޓެކްނިކަލް ކްރޫގައި މިއުޒިކް ޑައިރެކްޓަރުގެ ގޮތުގައި ޓީމުގައި ހިމެނެނީ ޖީވީ ޕްރަކާޝް އެވެ. މި ފިލްމުގެ ސިނެމެޓޯގްރާފަރަކީ ޝްރެޔަސް ކްރިޝްނާ ކަމަށް ވާއިރު، ނަގޫރަން އަކީ ފިލްމުގެ އެޑިޓަރެވެ. ކެޕްޓަން މިލަރ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ދަނޫޝް ހޮލީވުޑަށް ތައާރަފުވީ މިދިޔަ އަހަރު ޑައިރެކްޓަރު އެންތަނީ އާއި ޖޯ ރޫސޯ ޑައިރެކްޓްކޮށްފައިވާ “ދަ ގްރޭ މޭން” އިންނެވެ. އިންޑިއާގައި އޭނާ އެންމެ ފަހުން ބޮޑު ސްކްރީނުން ރިލީޒްކުރި ފިލްމަކީ ތަމިލް ފިލްމު “ވާތީ” އެވެ.

“ކެޕްޓަން މިލާ” ގެ އިތުރުން ދަނުޝް ދެން އެންމެ އަވަހަށް ފެނިގެންދާނީ “ރާންޖަނާ” އަށް ފަހު ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ހިންދީ ފިލްމު “ތޭރޭ އިޝްކް މޭ” އިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: