ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލްޔާސްގެ ރަނިންމޭޓަކަށް އީވާ ހަމަޖައްސަން އުޅޭކަމުގެ އަޑުތަކެއް!

ދަ ޑިމޮކްރެޓްސް އަށް މިއަދު ސޮއިކުރެއްވުމަށް ފަހު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ/ ފޮޓޯ: މިހާރު - ނިޝާން
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓު އިލްޔާސް ލަބީބާއި އެކު އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ކަމަށް އަޑުތައް ފެތުރެން ފަށައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ލީޑާޝިޕްގެ އެހެން ބައެއް ބޭފުޅުންނާއި ޖެހުނު ސިޔާސީ މައްސަލަތަކެއްގެ ތެރެއިން ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެމްބަރުން އެ ޕާޓީ ދޫކޮށް އަލަށް އުފެއްދި ދަ ޑިމޮކްރެޓްސް އަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ހަގު ސިޔާސީ ޕާޓީ އެވެ.

ސިޔާސީ ހަރަކާތްތައް ހިންގުމަށްޓަކާ ހުއްދަ ލިބުނުތާ ދޮޅު މަސް ވެސް ނުވަނީސް އިންތިހާބުގައި ވާދަ ކުރާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓުކަން އިލްޔާސް ކަށަވަރުކޮށްފައި ވަނީ ޕްރައިމެރީގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުމުން ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ 90 އިންސައްތައާއި އެކު އެވެ.

ކުރީގެ ރައީސް، އަދި އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް ނަޝީދު ވާދަކުރައްވާނެކަމަށް ބެލެވުނު މި އިންތިހާބުން އެމަނިކުފާނު ފަހަތަށް ޖެހިވަޑައިގަތީ ގައުމު ހިންގުމުގެ ހުންގާނު ޒުވާނުންގެ އަތްމައްޗަށް ދޫކޮށްލަން ޖެހޭކަމަށް ވިދާޅުވެ އެވެ. އެހެންވެ އެމަނިކުފާނާއި އެންމެ އަރިސް އެއް ބޭފުޅެއްކަމަށްވާ އިލްޔާސް އިންތިހާބަށް ނިކުތުމަށް ލަފާ ދެއްވީކަމަށް މައުލޫމާތު ލިބެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދާ ޑިމޮކްރެޓްސްގެ ރަނިންމޭޓަކު މިހާތަނަށް އިއުލާނު ނުކުރި ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އެ މަގާމު ދިނުމަށް ނިންމާފައި ވަނީ އީވާއަށެވެ. އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގެ ދުވަސްވަރު ވެސް އީވާ ވަނީ އޭރު އެ މަގާމަށް ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި އެކު ރަށްތަކަށް ދަތުރު ކުރައްވާފަ އެވެ.

މިހާރު ވެސް ކެމްޕެއިން ޓީމުތަކާއި އެކު އަތޮޅު ތެރޭގައި ހުންނެވި އީވާއަކީ މަޖިލީހުގައި ގިނަ ދުވަސްވީ މެމްބަރެކެވެ. އަދި ޑިމޮކްރެޓްސް އުފެއްދުމުގައި ވެސް އީވާ ގިނަ މަސައްކަތްތަކެއް ކުރެއްވި އިރު، އީވާއަކީ އިލްޔާސާއި ވެސް ގާތް މެމްބަރެކެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އިންތިހާބުތަކުގައި ޒުވާން އައު މޫނުތަކަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި ގައުމުގައި ހިނގާ ކަންކަން ހައްލު ކުރެވޭނީ އެފަދަ ޒުވާން ސިކުނޑިތަކަށްކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: