ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ސަރުކާރުން ޖޭޕީއަށް ދޭން ބުނި އިންސައްތައެއް ނުދޭ، މެމްބަރުންގެ ޝަކުވާތަކަށް ޖެހުނީ ކެތް ކުރަން“

މް އިބްރާހިމް މީގެ ކުރިން ރައިސް އޮފީހުގެ ބައްދަލުވުމަކަށް ފަހު، އެ އޮފީހުން ނުކުމެވަޑައިގަންނަވަނީ./ ފޮޓޯ: ދައުރު - އިއާން
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއް އެކުލަވާލި އިރު، ޖުމްހޫރީ ޕާޓީއަށް ދޭން ބުނި އިންސައްތައާއި ގާތަށް ވެސް ލިބުނު ފައިދާއެއް ނެތްކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީގެ ރަސްމީ ކެމްޕެއިންތައް ފަށައި، ޖަލްސާތައް ކުރިޔަށް ގެންދާއިރު ރަށްރަށުގެ އިވެންޓުތައް ވެސް ވަނީ ފަށާފަ އެވެ. ގާސިމްގެ ތަސައްވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިރޭ ގާސިމް ވިދާޅުވީ ވެރިކަމާއި އެކު އެމްޑީޕީއަށް ރައްޔިތުން ސުޕަ މެޖޯރިޓީ ދިނީ ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ ކޮންމެ ބަދަލެއް ވެސް ގެނެވޭނެހާ ބާރު ލިބިދޭ ބޮޑު އަޣުލަބިއްޔަތަކާއި އެކު ކަމަށެވެ. އަދި ކޯލިޝަނެއް ހަދައި، ރައްޔިތުންގެ ތާއީދު ލިބުމުން އެއްބަސްވުމާއި އެއްގޮތަށް ޖުމްހޫރީ ޕާޓީއަށް ލިބުނު ފައިދާއެއް ނެތްކަމަށް ގާސިމް ވިދާޅުވި އެވެ. އޭގެ ތެރޭގައި ދައުލަތުގެ އިސް މަގާމުތަކާއި، ބައެއް އެހެނިހެން ސިޔާސީ ޕޯސްޓުތަކުގެ އިތުރުން، ބައެއް ގޮނޑިތަކާއި ގުޅުން ހުރި ނިންމުންތައް ގާސިމް ފާހަގަކުރެއްވި އެވެ.

މިހުރިހާ ހިތްހަމަނުޖެހުންތަކާއި އެކު ވެސް، ޕާޓީގެ އާންމު މެމްބަރުން ތިބީ ގާސިމް ވިދާޅުވި ގޮތުގައި ކެތްތެރިކަމާއި މަޑުމައިތިރިކަމާއި އެކު އެވެ. އެ ޝަކުވާތަކުގެ މިސާލު ގާސިމް ނެންގެވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ ޓިކެޓާއި ގުޅޭގޮތުންނެވެ. ޕާޓީތަކަށް މަޖިލީހުގެ ގޮނޑިތައް ބަހާލައި، ކޯލިޝަނުގެ އިތުރު ޕާޓީއަކުން އެ ދާއިރާއަކަށް ނުނިކުތުމަށް އެއްބަސްވުމުގައި އޮތް ނަމަވެސް އެއަށް އަމަލު ނުކުރާކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެއްބަސްވުމުގައި އޮތީ ރައީސުލްޖުމްހޫރިއްޔާގެ ފަސް އަހަރުގެ ދައުރު ނިމެންދެން ޖުމްހޫރީ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ދިނުމަށް ކަމަށެވެ. އަދި ރައީސަށް ލިބިގެންވާ ބާރުގެ ދަށުން ކުންފުނިތަކުގެ އިސް މަގާމުތަކާއި، ސިޔާސީ އެހެން މަގާމުތައް ޖޭޕީއަށް ދޭން ބުނި އިންސައްތައާއި ގާތަށް ވެސް ލިބިފައިނުވާއިރު އޭގެ ސަބަބުން ބޮޑު ނިކަމެތިކަމަކާއި ކުރިމަތިލާން ޖެހުނުކަމަށް ގާސިމް ވިދާޅުވި އެވެ.

ދެން އެކަމާއި އެކީގަ ވެސް އަޅުގަނޑުމެން ތިބީ ކެތްތެރިކަމާއި އެކީގަ.. ދެން އެ ނޫނަސް އަދިވެސް ވަރަށް ބައިވަރު ކަންތައްތައް ހުރި.. މިސާލަކަށް ޖޭޕީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އޮތުމާއި، މި ފަސް އަހަރުގެ ދައުރު ނިމެންދެން..  މި ހުރިހާ ކަންތައްތައް ދެން ވަރަށް ބައިވަރު.

ގާސިމް ވިދާޅުވީ ކޯލިޝަނުގެ އެއްބަސްވުމުގައި އޮތީ ޖޭޕީއަށް ސަރުކާރުގެ 25 އިންސައްތަ، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމަށް 20 އިންސައްތަ އަދި އަދާލަތު ޕާޓީއަށް 15 އިންސައްތަ ދިނުމަށްފަހު ބާކީވާ ބައި އެމްޑީޕީއަށް ދިނުމަށް ކަމަށެވެ. އެކަމަކު ސަރުކާރުގެ ބޮޑު އިންސައްތައެއް އެމްޑީޕީން ނަގައިގެން އޭރު ވެސް ކުރަމުން ދިޔަ ޝަކުވާއަކީ އެމްޑީޕީއަށް އެކަށީގެންވާ މަގާމުތައް ނުލިބޭކަމަށާއި، އޭގެ ސަބަބުން މައްސަލަތައް އުފެދެމުންދާކަމުގެ ހިތްހަމަނުޖެހުންކަމަށް ގާސިމް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ޕާޓީގައި ތިބި ކިތަންމެ މީހުންނެއް ވަޒީފާ، ނުލިބިގެން.. އެ މީހުންގެ އަނބިދަރީންނަށް ކާންދެވޭނެ ގޮތެއް ނެތިގެން ހަމަ ވަރަށް ނިކަމެތިކޮށް އުޅުނު.. އެހެން އުޅެމުން ދިޔަ، ވަރަށް ގިނަ އިހުސާސްތަކާއި ޝަކުވާތައް ވެސް އައި.. އެހެންނަމަވެސް އެއަށް ވެސް ކެތްކޮށްގެން ތިބީ

ގާސިމް ވިދާޅުވީ ޕާޓީގެ މެމްބަރުން ތިބީ ވަޒީފާއެއް ނެތި، އަނބިދަރީންނަށް ކާން ދެވޭނެ ގޮތެއް ނެތިފައިކަމަށާއި، އެ ޝަކުވާތަކާއި އިހުސާސްތައް އައުމުން ވެސް އެ މައްސަލަ ބޮޑު ނުކޮށް ތިބެން ޖެހުނީ ހަމަނުޖެހުމާއި، ދެބަސްވުމަކަށް ދާން ބޭނުން ނުވާތީ ކަމަށެވެ.

މިއީ އެއްވެސް ގޮތަކަށް ބޮޑު މަގާމެއް ހޯދުމަށް ކުރާ މަސައްކަތެއް ނޫންކަމަށް ގާސިމް ވިދާޅުވި އެވެ.

އަޅުގަނޑު މަގާމެއްގެ ބޭނުމެއް މިހިފަނީ އެވަގުތަކު ކުރާ އިސްލާހީ، މަސައްކަތްތަކުގައި އެވަގުތު އަޅުގަނޑު އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަށްޓަކައި ކުރިޔަށް ދެވެން އޮތީ އެވެނި މަގާމެއް، ނުވަތަ މިވެނި މަގާމެއްގައި ހުރެގެންކަމަށް ވާނަމަ އެ ވަޒީފާއެއް އަދާކުރަނީ..

ތަކުރާރުކޮށް ގާސިމް ވިދާޅުވީ، އޭނާއަކީ މާތް ރަސްކަލާންގެ ރަހުމަތުން ކައިބޮއެ އުޅެވޭނެ މީހެއްކަމަށާއި އެހެންކަމުން މަގާމެއްގެ ދަހިވެތިކަމުގައި ކުރާ މަސައްކަތެއް ނެތް ކަމަށެވެ.

ގާސިމް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް ޖޭޕީ އެތައް ހިތްދަތިކަމަކާއި ކުރިމަތިލާން ޖެހުނީ ވެރިކަމަށް އައުމަށް ދިން އެތައް އެހީތެރިކަމަށް ފަހު ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ގާސިމް ފާހަގަކުރި އެވެ.

ރިޔާސީ އިންތިހާބުތަކުގައި ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރާ ކެނޑިޑޭޓުގެ ޕާޓީއަށް ލިބޭ އިންސައްތަ ފާހަގަކޮށް ގާސިމް ވިދާޅުވީ އެ ޕާޓީތައް ބޮޑުވީ ޖޭޕީގެ ސަބަބުން ކަމަށެވެ. ހާއްސަކޮށް އެމްޑީޕީއަށް ދެ ފަހަރަށް ވެސް ވެރިކަން ހޯދައިދިނީ ޖޭޕީކަމަށް ގާސިމް ވިދާޅުވި އެވެ.

އެހެންވެ ގާސިމް އެދިވަޑައިގަތީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީއަށް އެ ފުރުސަތު ދިނުމަށެވެ.

ދިވެހިރައްޔިތުން ތަޖުރިބާކޮށްލީމަ ނޫންތޯ އެނގޭނީ.. އަޅުގަނޑު ދަންނަވާލަން އޮތީ ދިވެހިރައްޔިތުން މިތިބި ހާލުން ނަގައިދެވޭނެ މީހަކަށް މި ގައުމު ހަވާލު ކުރުމުގެ ވިސްނުން ކީއްތޯ އޭ.. އަޅުގަނޑާއި ހަވާލުކޮށްލުން ކީއްތޯ އޭ. ބުނެ އުޅޭ ވަކަރެއް ޖަހާލީމައޭ އެނގޭނީ، ވަކަރެއްލާ މިންވަރެއް.. ހަމަ ވަކަރެއް ޖަހާލަން ހަމަ ރަނގަޅެއް ނޫންތޯ ހަމަ އަޅުގަނޑަށް އެ ފުރުސަތު ދޭން

މިދިިޔަ އެކި ރިޔާސީ އިންތިހާބުތަކުގައި، ކެނޑިޑޭޓުން ކާމިޔާބުވީ ޖޭޕީގެ ސަބަބުންކަމަށް އަބަދުވެސް އެ ޕާޓީން ފާހަގަކުރެ އެވެ. އެއީ ކިންގް މޭކާކަމަށް ފާހަގަކޮށް ޕާޓީން ވަނީ މީގެ ކުރިން ފުރުސަތު ދީފައި ނުވާ އެހެން ޕާޓީއެއްގެ ކެނޑިޑޭޓަކަށް އެ ފުރުސަތު ދިނުމަށެވެ.

ރިޔާސީ އިންތިހާބުގެ ރަސްމީ ކެމްޕެއިންތައް ޖޭޕީން ފަށާފައިވާއިރު، ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް ވަނީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ސަރުކާރުތަކުން ދޫކޮށްފައިވާ ފްލެޓުތަކަށް ރައް

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: