ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އަންވެއިލިންގ ވިޝަންސް”: އޮގަސްޓް 10 ގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމް.އޭ.ސީ)ގެ އާޓް މައުރަޒު “އަންވެއިލިންގ ވިޝަންސް 2023” އޮގަސްޓު މަހު ބޭއްވުމަށް އިއުލާން ކޮށްފިއެވެ.

އޮގަސްޓް މަހުގެ 10 އިން 20 އަށް ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މައުރަޒުގައި ކުރިއަށް ވުރެ ގިނަ ފަންނާނުންގެ ހިތްގައިމު އުފެއްދުންތައް ހުންނާނެއެވެ. މި މައުރަޒު އެންމެ ފަހުން ބޭއްވީ 2021 ވަނަ އަހަރު، 65 އަށް ވުރެ ގިނަ ފަންނުވެރިންގެ ހުށައެޅުންތަކާއި އެކުގައެވެ. “އަންވެއިލިންގ ވިޝަންސް” އަކީ ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އާޓް މައުރަޒެވެ. މިއީ ފަންނުވެރިންގެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި އާންމުންނަށް ދައްކާލަން ލިބޭ ވަރަށް ރަނގަޅު މަގެކެވެ.

މި މައުރަޒަކީ ދިވެހިރާއްޖޭގެ އެންމެ އުފެއްދުންތެރި އަދި ހަރުދަނާ ފަންނާނުންގެ ހުނަރުތައް ދައްކުވައިދޭ މައުރަޒަކަށް ވާއިރު، މި ފުރުސަތު ވެގެން ދާނީ ފަންނުވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ހިތްގައިމު ތަޖުރިބާއަކަށެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމް.އޭ.ސީ) އަކީ 10 ޖެނުއަރީ 2016 ގައި އުފެދުނު އަމިއްލަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ޒުވާނުންގެ މައްޗަށް އަލިއަޅުވާލައި، ރަނގަޅު އަދި އަގުހުރި އާމްދަނީއެއް ލިބޭނެ ވަސީލަތެއް ހޯދައިދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: