ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓިކްޓޮކް ޝެފް އަބީރު އަލް ސަގިރް ދިވެހި ކެއުމެއް ތައްޔާރުކުރާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން!

ޝެއާރކޮށްލާ ކަހަލަދޯ؟

ލުބްނާނުުގެ މަޝްހޫރު ސެލެބްރިޓީ ޝެފް އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރު އަބީރު އަލް ސަގިރް ރާއްޖޭގެ މަޝްހޫރު ކެއުމެއް ކަމުގައިވާ “ގަރުދިޔަ އާއި ބަތް” ތައްޔާރުކުރާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

“ޓިކްޓޮކް ޝެފް” ގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރު، އުމުރުން 24 އަހަރުގެ އަބީރު އަކީ އެކި ޤައުމުގެ ކެއުންތަކުގެ ވީޑިއޯތައް ޓިކްޓޮކަށް ހިއްސާކުރާ ޝެފެކެވެ. ޝެފް އަބީރު ބެލުތެރިންގެ މެދުގައި މަޝްހޫރުކަން ހޯދީ މި ވީޑިއޯތަކުން ކަމަށް ވާއިރު، އޭނަގެ ޓިކްޓޮކްއަށް 23 މިލިއަން ފޮލޮވާސް މިހާރު ވަނީ ލިބިފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން މި އަންނަ ވީޑިއޯގައި ޝެފް އަބީރު ލައިގެން ހުރީ ދިވެހި ކަސަބު ލިބާސް ރަމްޒުކޮށްދޭ ހެދުމެކެވެ. އަދި ކައްކަން ބޭނުންކޮށްފައިވާ ސާމާނަކީ ދިވެހިން ގަރުދިޔަ ކައްކަން ބޭނުންކުރާ އަދި ދިވެހިންނަށް ސައްހަ ސާމާނެވެ. މީގެ އިތުރުން މި ވީޑިއޯގެ ބެކްގްރައުންޑް މިއުޒިކްގެ ގޮތުގައި ޙިޔާރުކޮށްފައި ވަނީ ދިވެހި ސަޤާފަތް ދައްކުވައިދޭ ދިވެހި ލަވައެކެވެ. އަދި ދިވެހި ދިދަ ފެންނަގޮތަށް ދިވެހިރާއްޖެ ތަމްސީލުކޮށް ހަދާފައިވާ މި ޓިކްޓޮކްއަށް ދިވެހިންގެ ތަރުޙީބު ވަނީ ވަރަށް ބޮޑަށް ލިބިފައެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: