ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޑްރީމް ގާލް 2” ގެ ޓީޒާ ދައްކާލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އަނަންޔާ ޕާންޑޭ އާއި އަޔޫޝްމަން ކުރާނާ ލީޑް ރޯލުން ފެނިގެންދާ ފިލްމު “ޑްރީމް ގާލް 2” ގެ ޓީޒާ ދައްކާލައިފިއެވެ. މި ޓީޒާ ދައްކާލުމާއި އެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ޓީޒާއަށް ލިބެމުންނެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ފިލްމުގެ ކޯ-ޕްރޮޑިއުސަރު އެކްތާ ކަޕޫރު ބުނެފައިވަނީ “ޑްރީމް ގާލް 2” ގައި ޕޫޖާގެ ރޯލުން އަޔޫޝްމަން ކުރާނާގެ ކެރެކްޓާ ވަރަށް ފުރިހަމަވާން ބޭނުންވާ ކަމަށާއި މޫނުގެ ވީއެފްއެކްސް ގެ މަސައްކަތް ފުރިހަމަ ކުރަން އިތުރު ވަގުތު ނަގަމުން އަންނަ ކަމަށެވެ.

“ފިލްމު ބެލުމުން ބެލުންތެރިންނަށް ވީހާވެސް ފުރިހަމަ ތަޖުރިބާއެއް ލިބޭނެ ގޮތް ހަދަން ބޭނުންވޭ. ޑްރީމް ގާލް 2 ގެ ވީއެފްއެކްސް މަސައްކަތަކީ ފިލްމުގެ ވަރަށް މުހިންމު ބައެއް. ބޭނުންވަނީ ފެންވަރު ރަނގަޅު ޕްރޮޑަކްޓެއް ބެލުންތެރިންނަށް ފޯރުކޮށްދެން”

ރާޖް ޝާންދިލްޔާ ޑައިރެކްޓްކުރާ “ޑްރީމް ގާލް 2” އަކީ އަނަންނިޔާ ޕާންޑޭއާ އެކު އަޔުޝްމާން ކުރާނާ އޮން ސްކްރީންގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕަރޭޝް ރާވަލް، އަސްރާނީ، އަންނޫ ކަޕޫރު، އަބީޝެކް ބެނާޖީ، މަންޖޯތު ސިންގް، ރާޖްޕާލް ޔާދަވް، މަނޯޖް ޖޯޝީ، ސީމާ ޕަހްވާ އަދި ވިޖޭ ރާޒް ހިމެނެ އެވެ. “ޑްރީމް ގާލް 2” ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: