ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މައި އާސަންދަ” ޕޯޓަލް ތަޢާރަފްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އާސަންދަ އަށް އޮންލައިންކޮށް އެދެވޭ ގޮތަށް “މައި އާސަންދަ” ޕޯޓަލްގެ ޙިދުމަތް ތަޢާރަފްކޮށްފިއެވެ.

އާސަންދަ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި “މައި އާސަންދަ” ޕޯޓަލް އިން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރު ދެއްވާ ރެކޮމެންޑޭޝަން ފޯމު މިމަހު 15 ގެ ފަހުން ބަލައި ގަންނާނީ އެ ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށް ބުނެފައިވެއެވެ.

އާސަންދަ ކުންފުނިން ދޭ އެހެން ޙިދުމަތްތައް ވެސް މި ޕޯޓަލް މެދުވެރިކޮށް ހޯދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނަށް ރެކޮމެންޑޭޝަން ފޯމު ޕޯޓަލްގެ ތެރެއިން ފުރައި ދިނުމާއި އާސަންދައިގެ އިތުރުން ވެލްފެއާގެ އެހީތެރިކަމަށް އެދި ހުށަހަޅާ ލިޔެކިޔުންތަކާއި އެޕްލިކޭޝަންގެ ސްޓޭޓަސް އާއި އެޕްލިކޭޝަން ކުރިއަށް ގެންދިއުމަށް އިތުރު ލިޔެކިޔުން ބޭނުންވާ ނަމަ، އެވެސް ޕޯޓަލްގެ ތެރެއިން ހުށަހެޅުން ހިމެނެ އެވެ.

“މައި އާސަންދަ” ޕޯޓަލް އަށް އީފާސް މެދުވެރިކޮށް ލޮގިންވެވޭނެ އެވެ.

އާސަންދަ އިން ބުނި ގޮތުގައި މި ބަދަލާއި ފަސޭހައާ އެކީ ދެން ހިދުމަތްތައް ހޯދަން ކުންފުނީގެ ކައުންޓަރަށް ނުވަތަ “ވީރާ” ކައުންޓަރަށް ދާން ނުޖެހޭނެ އެވެ. އެކަމަކު އެ ތަންތަނުން ހިދުމަތް ހޯދުމަށް ބޭނުންވާ ނަމަ، އެ ފުރުސަތު އަދިވެސް އޮންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: