ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20 އަހަރަށް ފަހު “ކޮއި މިލް ގަޔާ” އަލުން ސިނަމާތަކަށް އަންނަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ބައެއްގެ ލޯބި ލިބިފައިވާ “ކޮއި މިލް ގަޔާ” ގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސައިންޓިފިކް ފިކްޝަންގެ ހިޓް ފިލްމު މި މަހުގެ ހަތަރު ވަނަ ދުވަހު އިންޑިއާގެ ބައެއް ސިނަމާތަކުގައި އަލުން ރިލީޒް ކުރާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން އިއުލާން ކޮށްފިއެވެ.

ރާކޭޝް ރޯޝަން ޑައިރެކްޓްކޮށްފައިވާ މި ފިލްމު އެންމެ ފުރަތަމަ ސިނަމާތަކަށް އައީ 2003 ވަނަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހުއެވެ. ޕްރިތީ ޒިންޓާ، ރޭކާ، ޕްރޭމް ޗޯޕްރާ އަދި ޖޯނީ ލީވާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމު އިންޑިއާގެ 30 ސިޓީއެއްގައި މި ހުކުރު ދުވަހު “ޕީވީއާރް އައިނޮކްސް” ސްކްރީނުން އަލުން ރިލީޒް ކުރާނެއެވެ.

ޑައިރެކްޓަރ ރާކޭޝް ރޯޝަން ބުނެފައިވަނީ އޭނާގެ ފިލްމަށް ދެ ޤަރުނު ފަހުން ވެސް ލޯބި ލިބެމުން ދިއުމަކީ އެއީ ހަޤީޤަތްކަން ގަބޫލުވެސް ނުކުރެވޭ ކަމަށެވެ. މި ފިލްމު އަލުން ނެރުން އެ ޓީމުން އުއްމީދު ކުރަނީ، މައިންބަފައިން ދަރިން ގޮވައިގެން ސިނަމާތަކަށް ގޮސް އައު ޖީލު ޖާދޫއަށް ތައާރަފްކޮށް، މީގެ 20 އަހަރު ކުރިން ފިލްމު ބެލި ހަނދާންތައް މައިންބަފައިން އާކޮށްދީ ފެމިލީ މޫވީ ނައިޓަކަށް ވާނެ ކަމަށެވެ.

“ކޮއި މިލް ގަޔާ އަކީ ކުޑަކުދިންގެ ފިލްމެއްގެ ގޮތުގައި ހަދަން ނިކުތީ އެ ކުދިންނަށް ވަރަށް ކަމުދާނެކަމަށް އަދި އެކުދިންގެ އާއިލާތަކަށް ވެސް މުނިފޫހިފިލުވައިދޭނެ ފިލްމެއްގެ ގޮތުގައި. ފިލްމު އުފައްދާ ފަރާތެއްގެ ހައިސިއްޔަތުން އޭލިއަންއަކާ އެކު ސައިންޓިފިކް ފިކްޝަން ފިލްމެއް ތައާރަފްކުރަން އުޅުމަކީ ރިސްކެއް. ނަމަވެސް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބަކީ އަހަރެންގެ އެންމެ ބޮޑު އިނާމު. 20 އަހަރު ފާއިތުވެ ދިއުމުން، ކޮއި މިލް ގަޔާ އަދިވެސް ބެލުންތެރިންގެ ސިކުނޑީގައި ހަރުލާފައި އޮތުމަކީ ވަރަށް ހިތްގައިމު އިހުސާސެއް،” އުމުރުން 73 އަހަރުގެ ރާކޭޝް ރޯޝަން ބުންޏެވެ.

ކޮއި މިލް ގަޔާގެ ކާމިޔާބީއާއެކު “ސުޕަހީރޯ ފްރެންޗައިޒް” އެއް އުފެދުނު އިރު، 2006 ވަނަ އަހަރު ރިލީޒްކުރި ކްރިޝް އިން ފެށިގެން 2013 ވަނަ އަހަރު ނެރުނު ކްރިޝް 3 ހިމެނެއެވެ. ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމެއްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: