ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަންޏެ ވެސްޓުގެ ޓްވިޓާ އެކައުންޓްގެ ސަސްޕެންޝަން އުވާލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ މަޝްހޫރު ރެޕާ ކަންޏޭ ވެސްޓުގެ ޓްވިޓާ އެކައުންޓްގެ ސަސްޕެންޝަން އުވާލައިފިއެވެ.

ޓްވިޓާއަށް ކަންޔޭ ވެސްޓް އަލުން އެ ކުންފުނީގެ ޕްލެޓްފޯމަށް މަރުހަބާ ކިޔާފައި ވަނީ، ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިނުން މަނާކުރާ އުސޫލުތަކާ ހިލާފުވެގެން 8 މަސް ދުވަހަށް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. ކަންޏޭ ވެސްޓު ވަނީ ޔަހޫދީންނަށް ފުރައްސާރަކޮށް އެތައް ފަހަރެއްގެ މަތިން ޓްވީޓު ކޮށްފައެވެ.

އީލޯން މަސްކް ވަނީ އޭނާއަކީ “ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ” މީހެއްގެ ގޮތުގައި ސިފަކޮށް، އެކައުންޓް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި އުމުރު ދުވަހަށް ސަސްޕެންޑް ކުރުމަށް ތާއީދުކުރާ މީހެއް ނޫން ކަމަށް ބުނެފައެވެ. އާންމުގޮތެއްގައި ޕްރިވިލެޖް ލިބޭ ގޯލްޑް ޗެކްމާކް ހުރި ނަމަވެސް ވެސްޓްގެ ޕްރޮފައިލަކީ މޮނިޓައިޒޭޝަން ނުވަތަ އިޝްތިހާރު ޝެއާ ކުރުމުގެ ޝަރުތު ހަމަވާ ޕްރޮފައިލެއް ނޫނެވެ.

ނަން ހާމަނުކުރާ ފަރާތަކުން ލިޔެފައިވާ އެކައުންޓެއްގައި ވާގޮތުން ވެސްޓްގެ ޓްވިޓާގެ ސަސްޕެންޝަން އުވާލީ އެހެން ބައެއްގެ އަބުރާއި ދެކޮޅު އިތުރު ކޮންޓެންޓެއް އޭނާގެ އެކައުންޓުގައި ޕޯސްޓް ނުކުރާނެ ކަމަށް ވައުދުވުމުންނެވެ. މީގެ އިތުރުން ކަންޏޭ ވެސްޓު ވަނީ އޭނަގެ ޓްވިޓާ އެކައުންޓުން ވެސްޓުގެ ކުރީގެ އަނބިމީހާ ކިމް ކާޑެޝިއަން އާއި ބެހޭ ގޮތުން ފުރައްސާރަ ކުރުމުގެ ޓްވީޓުތައް ވެސް ކޮށްފައެވެ.

ވެސްޓުގެ އެކައުންޓް އަނބުރާ އައުމަށްފަހު އަދި އެ އެކައުންޓަކުން ޓްވީޓެއް ކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: