ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕުޝްޕާ 2: އައްލޫ އަރްޖުން އެނބުރި އެކްޝަނަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

“ޕުޝްޕާ” ފިލްމަކީ މުޅި ދުނިޔޭގެ އެކި ޤައުމުތަކުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. ޕުޝްޕާގެ ދެވަނަ ބައި “ޕުޝްޕާ 2: ދަ ރޫލް” އަށް މިއަށްވުރެ ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ބެލެވެއެވެ. ފިލްމުގެ ލީޑް ތަރި އައްލޫ އަރުޖުން މިހާރު ވަނީ ގިނަ ބަޔަކު އުންމީދުކުރާ ސީކުއެލްގެ އިތުރު ޝެޑިއުލެއްގެ ޝޫޓިން ފަށައިފައެވެ.

“ޕުޝްޕާ” ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ހިސާބުން ފެށިގެން ފޭނުން އުންމީދު ކުރަމުން ދިޔައީ ފުރަތަމަ ބަޔަށް ވުރެ ބޮޑު ސީކުއެލްއެއް ދެވަނަ ބައިގައި ގެނެސްދޭނެ ކަމަށެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން “ޕުޝްޕާ 2” ގެ މުޅިން އާ ޝެޑިއުލެއްގެ ޝޫޓިން އައްލޫ އަރުޖުން މިހާރު ވަނީ ފަށައިފައެވެ. އޭނާ މިހާރު އަންނަނީ ހައިދަރުއާބާދުގެ ރާމޯޖީ ރާއޯ ސްޓޫޑިއޯގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަމުންނެވެ.

“ޝައުގުވެރިވާ ކަމަކީ ހައިދަރުއާބާދުގެ ރާމޯޖީ ރާއޯ ފިލްމް ސިޓީގައި ކާސްޓުންގެ މުހިންމު މަންޒަރުތަކެއް ޝޫޓްކުރަން ހަމަޖެހިފައިވާއިރު، އެތަނުގައި ބޮޑެތި ސެޓުތަކެއް ހަރުކޮށްފައި ހުންނާނެ. މިއީ ސީކުއެލްއަކަށް ވާތީ، މި ފިލްމަކީ ބެލުންތެރިންނަށް ވިޝުއަލް ސްޕެކްޝަނަކަށް ހެދުމަށް ޕްރޮޑިއުސަރުން ވަރަށް މަސައްކަތް ކުރާނެ” ފިލްމުގެ ޕްރޮޑިއުސަރު ބުންޏެވެ.

“ޕުޝްޕާ 2: ދަ ރޫލް” ގެ ޕޯސްޓަރުތަކާއި ޓީޒާތަކުން ފޭނުންގެ މެދުގައި ވަނީ ވަރަށް ބޮޑު ޝައުގުވެރިކަމަކާއި އުއްމީދެއް އުފެދިފައެވެ. އައްލޫ އަރްޖުން، ފަހާދު ފާސިލް، ރަޝްމިކާ މަންދަނާ، ޖަގަދީޝް ޕްރަތަޕް ބަންޑާރީ، ސުނިލް، ރާޖް ތިރަންދަސޫ، ރާއޯ ރަމޭޝް، ދަނަންޖަޔާ، އަނަސޫޔާ ބަރްދްވާޖް އަދި އަޖޭ ގޯޝް ފަދަ ތަރިން މި ފިލްމުގައި ހިމެނެއެވެ.

ޕުޝްޕާ ރިލީޒްކުރުމާ އެކު އައްލޫ އަރްޖުން ވަނީ މުޅި އިންޑިއާގެ ބޮޑު ތަރިއަކަށް ވެފައެވެ. މި ފިލްމުގައި ޕުޝްޕާ ރާޖްގެ ރޯލުން އަކްޝޭ އަށް ވަނީ ވަރަށް ބޮޑު ތައުރީފެއް ލިބިފައެވެ. ފިލްމުގެ އެހެން ސީކުއެލްތަކަށް ކުރި އިންތިޒާރާ އަޅާބަލާއިރު ފިލްމުގެ ދެވަނަ ބައިގެ އިންތިޒާރު ދިގުކަން ވަނީ ސަޕޯޓަރުން ސާބިތުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: