ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޑޮން 3” އިއުލާންކޮށްފި!

ރަންވީރު ސިންގު އާއި ޝާހްރުކް ޙާން
ޝެއާރކޮށްލާ ކަހަލަދޯ؟

އޮގަސްޓް މަހުގެ އަށް ވަނަ ދުވަހު ފަރްހާން އަޚްތަރު ވަނީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު “ޑޮން 3” ސޯޝަލް މީޑިއާގައި އިއުލާން ކޮށްފައެވެ.

މި އިއުލާނާއި އެކު ޑޮން އަކީ ކާކުކަމާއި މެދު ގިނަ ބަޔަކު ބަހުސް ކުރަމުން ދިޔަ އިރު، އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު ރަންވީރު ސިންގް “ޑޮން 3” ހެޑްލައިން ކުރާނެ ކަން ޕްރޮޑިއުސަރުން ވަނީ އިއުލާންކޮށްފަ އެވެ.

ކަރަން ޖޯހަރުގެ “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ” އިން އެންމެ ފަހުން ފެނުނު ރަންވީރު ސިންގް މި އުފާވެރި ހަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރުމާ އެކު ބެލުންތެރިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީހުން ޑޮންގެ އައު މޫނަށް މަރުހަބާ ކިޔަމުން ދިޔަ އިރު އަނެއް ބަޔަކު އަދިވެސް އުއްމީދު ކުރަނީ ޝާހްރުކް ޚާން ފެންނާނެ ކަމަށެވެ.

“ރަންވީރު ސިންގް އަކީ އެސްއާރްކޭގެ އެންމެ މޮޅު ރިޕްލޭސްމަންޓް އަދި ކެރެކްޓާ ޖަސްޓިފައި ކޮށްލެވޭނެ، އެކަމަކު އެސްއާރްކޭ އާ ނުލައި ޑޮން އަކީ ޓޮމް ކްރޫޒް އާ ނުލައި މިޝަން އިމްޕޮސިބަލް ކަހަލަ ކަމެއް. އެސްއާރްކޭ އެންމެ ކުޑަމިނުން އެކަމުގައި ކެމިއޯއެއް ކުޅެން ޖެހޭނެ” ޕޯސްޓަރު ނެރުމާއި އެކު ފޭނުން ވަނީ ކޮމެންޓު ކޮށްފައެވެ.

އޮގަސްޓް މަހުގެ އަށް ވަނަ ދުވަހު ފަރްހާން އަޚްތަރު ވަނީ ޑޮން ފްރެންޗައިޒްގައި އިސްކޮށް އުޅުނު އަމީތާބް ބައްޗަން އާއި ޝާހްރުކް ޚާނަށް ޓަކައި ހިތުގެ އަޑިން ޕޯސްޓެއް ހިއްސާކޮށްފަ އެވެ. އަދި ޑޮންގެ އާ މޫނަށް ބެލުންތެރިން ވަރަށް ބޮޑު ލޯތްބެއް ދޭނެ ކަމަށް އުއްމީދު ކުރި އެވެ. އޭނާ ކުރި ޕޯސްޓުގައި ބުނެފައި ވަނީ ޑޮންގެ ލެގަސީ ކުރިއަށް ގެންދަންވީ ވަގުތު މިހާރު އައިސްފައިވާ ކަމަށެވެ.

ރަންވީރު ސިންގްގެ “ޑޮން 3” ސިނަމާތަކަށް އަންނާނީ 2025 ގަ އެވެ. މި ފިލްމުގެ ބަތަލާގެ ރޯލު އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: