ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ގެނެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ގާސިމް: ޖިހާދު

ކުރީގެ ނައިބު ރައިސް ޖިހާދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ފަރާތުން އަންނަ ކަންބޮޑުވުންތަކުގެ ޝަކުވާތަކަށް ހައްލު ގެނެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމްގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފަށާފައިވާއިރު، މިރޭ އޮތީ މެނިފެސްޓޯ ލޯންޗު ކުރުމެވެ. ރައްޔިތުންނަށް ގެނެސްދޭނެ ބަދަލުތަކާއި އަދި، ސިޔާސަތުތަކާއި ގުޅޭ ގޮތުން ގާސިމް ވަނީ ވިސްނުން ހުރި ގޮތް ޓިކެޓު ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ހާމަކުރައްވާފަ އެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މިއަދު އިލެކްޝަންސް ކޮމިޝަނުގައި ކުރިޔަށް ގެންދިޔަ އިރު، ގާސިމްގެ ނަމްބަރަކީ 05 އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ، ޖުމްޖޫރީ ޕާޓީގެ ލީޑަރު ގާސިމާއި ރަނިންމޭޓު އަމީނަކީ ސިޔާސީ އެންމެ ވަރުގަދަ ޖޯޑު ކަމަށެވެ. އަދި އާންމު ރައްޔިތުންގެ އެތައް ސުވާލުތައް އަމާޒުވާއިރު، އެކަންކަން ހައްލު ކުރުމުގެ ގާބިލުކަން ހުރި ހަމައެކަނި ކެންޑިޑޭޓަކީ ވެސް ގާސިމްކަމަށް ޖިހާދު ވިދާޅުވި އެވެ. އެގޮތުން އެތައް ރައްޔިތުންނެއް ސަރުކާރުން ދީފައިވާ ބޯހިޔާވަހިކަމުގެ ފްލެޓުތަކަށް ކުލި ނުދެއްކިފައި ތިބި އިރު ގާސިމްގެ ސަރުކާރެއްގައި އެ މައާފު ކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ބޭސްފަރުވާގެ ކަންކަމަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް ހުރިހާ ބޭސްފަރުވާއެއް ކުރެވޭނެ އިންތިޒާމު ހަމަޖައްސާނީ ގާސިމް ކަމަށެވެ. އާއިލާތަކުން ދަރިންގެ ކިޔެވުމަށް ބޮޑެތި ލޯނުތައް ނަގާފައިވާއިރު، ޒުވާނުން އެ ޒުވާނުންގެ ތައުލީމު ފުރިހަމަ ކުރުމުގެ ގޮތުން ސްޓޫޑަންޓް ލޯނު ނަގާފައިވާއިރު ޖިހާދު ވިދާޅުވީ އެއަށް މައާފުދީ ލުއިދޭނެ ބޭފުޅަކީ ވެސް ގާސިމް ކަމަށެވެ.

މެނިފެސްޓޯއަށް އިޝާރާތްކޮށް ޖިހާދު ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ހާއްސަ އިސްކަމެެއް ދީފައިވާނެ ކަމަށެވެ. މި މެނިފެސްޓޯއަކީ ޖިހާދު ވިދާޅުވި ގޮތުގައި އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ވެސް ރައްޔިތުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.

ޖިހާދު ވިދާޅުވީ މެނިފެސްޓޯގައި ހިމަނާފައިވާ ދާއިރާތަކުގެ ތެރޭގައި ދަރަނިން ރާއްޖެ ސަލާމަތް ކުރުމަށާއި، އިގްތިސާދު ކުރިއެރުވުމަށް އިސްކަން ދެވޭނެ ކަމަށެވެ. އެހެންކަމުން މިއީ ތަންފީޒު ކުރެވިއްޖެ ނަމަ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވާނެ މެނިފެސްޓޯއެއްކަމަށް ޖިހާދު ވިދާޅުވި އެވެ.

ގާސިމްވެފައިވާ ބައެއް ވައުދުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކަށް ނުވަތަ ގޯއްޗަކަށް އެއްވެސް ކުއްޔެއް ދައްކާނަމަ އެ މައާފު ކުރުމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ. އަދި ގާސިމް ވިދާޅުވެފައި ވަނީ ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލުމަށް ފަހު ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

މީގެއިތުރުން ކެންޑިޑެސީ ހަވާލު ކުރުމަށް ފަހު އެ ދުވަހު ނޫސްވެރިންނާއި ބައްދަލުކޮށް ގާސިމް ވިދާޅުވީ ރައްޔިތުން ވޯޓުލާއިރު ވިސްނަން ވީ ގައުމަށް އެންމެ ގިނަ ހިދުމަތްކޮށްދީ އިޖްތިމާއީ ގޮތުންނާއި އަމިއްލަ ގޮތުން އެންމެ ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅަކަށް ވޯޓު ދިނުމަށް ކަމަށެވެ. އަދި ރާއްޖޭގައި ތިބި ތައުލީމީ ގާބިލު ބޭފުޅުން ވެސް ކެންޑިޑޭޭޓުންނާއި މެދު ހިޔާޅު ހުރި ގޮތް ހިއްސާކޮށްދެއްވުމަށް ގާސިމް އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: