ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ނިޒާމު އިސްލާހު ކުރެވުނު ސަރުކާރެއް ނުފެނުނު: ގާސިމް

ޖުމްހޫރީ ޕާާޓީގެ ކެމްޕޭން ހަރަކާތެއްގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ގާސިމް އިބްރާހިމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ބޭފުޅަކު ވެސް ވެރިކަމަށް އައުމަށް ވާ ވައުދުތަކުގެ ތެރޭގައި ޝަރުއީ ނިޒާމު ހަރުދަނާކޮށް، އިސްލާހު ކުރުމުގެ ވާހަކަތައް ދައްކާއިރު އެ ސަރުކާރެއް ނިމިގެންދާއިރު ވެސް ޝަކުވާތަކަށް ނިމުމެއް ނާންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްތާޖިމް ވިދާޅިވެއްޖެ އެވެ.

މެނިފެސްޓޯ ލޯންޗު ކުރުމަށް ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ސިޔާސަތުތައް އެކުލަވާލި އިރު ވަކި ގޮތަކަށް ގެންދަން މަޖުބޫރު ހަރަކާތްތަކެއް ހިމަނާފައި ނުވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ މެނިފެސްޓޯއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް ވެސް އޮންނާނެ ކަމަށެވެ.

ގާސިމް ވަނީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރި ޓީމު އެކަން ކުރެއްވީ ހަމައެކަނި އޭނާއަށް ނޫންކަމަށް ފާހަގަކޮށް އެއީ ގައުމީ މަސައްކަތެއްގެ ގޮތުގައި ވިދާޅުވެފަ އެވެ.

ވެރިކަމަށް އާދެވިއްޖެ ނަމަ ގާސިމް ވިދާޅުވީ އޭނާގެ އަމާޒު ހުންނާނީ ގައުމުގެ މިނިވަކަން ދަމަހައްޓައި، އިސްތިގުލާޅު ދެމެހެއްޓުމަށް ކަމަށެވެ.

ކޮންމެ ބޭފުޅަކު ވެސް ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ދައްކާ ވާހަކައަކީ ރާއްޖޭގެ ޝަރުއީ ނިޒާމު ހައްލު ކުރުމަށްކަން ފާހާގަކޮށް ގާސިމް ވިދާޅުވީ، މިއަދު އަނެއްކާވެސް އަޑުއިވެނީ ކަންކަން ގޯސްކޮށް ދާވަހަކަ ކަމަށެވެ.

ގާސިމް ވިދާޅުވީ ފަނޑިޔާރުންނަށް އެކަށީގެންވާ ގޮތެއްގައި ތަމްރީނުތައް ދެވިފައިނުވާއިރު، ރަނގަޅު މުސާރައެއް ވެސް ނުދެވޭ ކަމަށެވެ. ކިރިޔާ ވެސް މުސާރައަށް ބަދަލެއް ގެނެވުނީ އޭނާގެ ފިނޭންސް މިނިސްޓަރުގެ މަގާމުގެ ދުވަސްވަރުގައިކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންކަމުން ވެރިކަމަށް އައިސް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަނޑިޔާރުންނަށް މިހާރު ލިބެމުންދާ މުސާރަ އިތުރު 75 އިންސައްތަ ބޮޑު ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ފަނޑިޔާރުންނަށް ތަމްރީނު ދިނުމުގެ ގޮތުން ބޭރުގެ ގައުމުތަކުން ފުރުސަތުތައް ހޯދައިދީ މަތީ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ބާވެފައިވާ އިމާރާތުން އެހެން ތަނަކަށް ފުރަތަމަ ދެ އަހަރުގެ ތެރޭގައި ބަދަލު ކުރާނެކަމަށް ގާސިމް ވިދާޅުވި އެވެ.

ދައުލަތުގެ ވެރިންނަށް ނުވަތަ، އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ސެކިއުރިޓީއަށް ހާއްސަ އިސްކަމެއް ދޭންޖެހޭއިރު މޮޓޯކޭޑުގައި ދަތުރު ކުރުމާއި ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ކުރިޔަށް ގެންދާކަންކަމަކީ ދުނިޔޭގެ ކަން ހިނގާ އުސޫލުކަމަށް ގާސިމް ވިދާޅުވި އެވެ. ބައެއް ފަހަރު ކަންކަން ދޯހަޅިވުމުގެ ނަތީޖާއަކީ ބަޔަކަަށް އަނިޔާއެއް ދިނުމަށް މަގު ހުޅުވިގެން ދިއުންކަން ފާހަގަކޮށް ގާސިމް ފާހަގަކުރީ މީގެ ދެ އަހަރު ދުވަސް ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އާމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ބޮމުގެ ހަމަލާ އެވެ.

ގާސިމް ވިދާޅުވީ ރިޔާސީ ރޭހަށް ނިކުންނަ ކެނޑިޑޭޓުން މާޒީގައި ގައުމަށް ކުރި ހިދުމަތާއި، އެ މީހުންގެ ގައުމު ހިންގުމުގެ ފެންވަރު ހުރީ ކިހާ މިންވަރަކަށް ތޯ ރައްޔިތުން ދެނެގަންނަން ޖެހޭ ކަމަށެވެ.

މިއަދު އަޅުގަނޑުމެން ދިވެހިރާއްޖޭގެ ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގެއް، ވާޖިބެއް މާދަމާގެ މުސްތަގުބަލަށާއި މިއަދަށާއި މާދަމާގެ މުސްތަގުބަލަށް ހާއްސަކޮށް އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް ރައްދުކޮށްދެއްވި އަމާނާތް އިހުލާސްތެރިކަމާއި އެކު އަޅުގަނޑުމެންގެ ފަހުން އޮންނަ ޖީލުތަކަށް ރަނގަޅު ގޮތުގައި ރައްދުކޮށްދޭން..

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރައްވަމުން ގެންދަވާ ގާސިމް ވަނީ، މީގެ ކުރިން ވެސް ވެރިއަކު ހޮވުމުގައި ނުވަތަ އިންތިހާބެއްގައި ވޯޓުލުމުގައި އިސްކަން ދޭން ޖެހޭ ކަންތައްތައް ފާހަގަކުރައްވާފަ އެވެ. ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފައްޓަވައި ކުރިޔަށް ގެންދަވާ، ގާސިމް ބެލެވޭ ގޮތުގައި މި ފެށޭ ހަފްތާގައި އިންތިހާބުގައި ވާދަކުރުމުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: