ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޖްނީކާންތުގެ “ޖެއިލާ” ބަލަން އެއް ދުވަހުގެ ޗުއްޓީއެއް!

ޖެއިލާ ޕޯސްޓާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްހޫރު އެކްޓަރު ރަޖްނީކާންތުގެ އެކްޝަން ފިލްމެއް ކަމަށްވާ “ޖެއިލާ” ސިނަމާތަކަށް ނެރުނު ފަހުން ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ. ރަޖްނީކާންތުގެ މި ފިލްމު ބަލަން ބޮޑެތި ކުންފުނިތަކުން ވަނީ އެތަންތަނުގެ މުވައްޒަފުންނަށް އެއް ދުވަހުގެ ޗުއްޓީއެއް ދެމުންނެވެ.

ކެރެލާގެ އެޑިއުކޭޝަން ކުންފުންޏެއް ކަމަށްވާ ރެޑްބުކްސް އެބްރޯޑް އިން އެ ކުންފުނީގެ ސްޓާފުންނަށް ވަނީ ފުރަތަމަ ޝޯއަށް ސިޓީއަކާއި އެކު ހިލޭ ޓިކެޓް ހަދިޔާކޮށްފައެވެ.

“އުއްމީދަކީ މި ޗުއްޓީ އާއި ފިލްމީ ތަޖުރިބާގެ ސަބަބުން ތިޔަ ހުރިހާ ބޭފުޅުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން އަދި އާ ހަކަތައެއް ލިބިގެންދާނެ ކަމަށް. މިއީ މި ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ އެކުގައި މެމޮރީސްތައް އުފައްދަން ލިބޭ ފުރުސަތެއް” ސިޓީގައި ބުނެފައިވެ އެވެ.

ބެންގަލޫރު އަދި ޗެންނާއީ ސިޓީގެ ގިނަ ކުންފުނިތަކަކުން އެ ކުންފުނީގެ މުވައްޒަފުންނަށް ފިލްމު ބެލުމަށް އެއް ދުވަހުގެ ޗުއްޓީއެއް ދިނުމުން، މި ފިލްމު ރިލީޒްކުރި ދުވަހަކީ ގިނަ ބަޔަކަށް ނުރަސްމީ ބަންދު ދުވަހަކަށް ވެގެން ދިޔަ އެވެ. މޫވީ ނައިޓަކަށް ދިއުމަށް އޮފީހުން އެއް ދުވަހުގެ ޗުއްޓީއެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ.

މި ފިލްމަށް ބޮކްސް އޮފީހުގައި ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އިރު، މިއީ 2023 ވަނަ އަހަރު ތަމަޅަ ބަހުގެ ފިލްމަކަށް މިހާތަނަށް އެންމެ ބޮޑު އޯޕަނިންއެއް ލިބުނު ފިލްމެވެ.

އެކްޝަން ސީކުއެންސްތަކާއި ތަފާތު ޑާންސް މޫވްތަކަށް މަޝްހޫރު ވެފައިވާ 72 އަހަރުގެ ރަޖްނީކާންތު އަކީ އޭޝިއާގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ. ރަޖްނީކާންތަކީ އިންޑިއާގެ އެންމެ މަތީ ދެ މަދަނީ އިނާމު ކަމަށްވާ ޕަދްމާ ބުޝަން އާއި ޕަދްމާ ވިބޫޝަން ވެސް ހާސިލްކޮށްފައިވާ އެކްޓަރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: