ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާ، ހައްލު ކުރާނަން: މުއިއްޒު

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ދެމެދު ބާކީ އޮތް ދުވަސްތަކުގައި ހުރިހާ ރަށްތަކަށް ދަތުރުކޮށް ބައްދަލު ނުކުރެވުނު ނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުގެ ތެރެއިން މިއަދު ހއ. އުތީމަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަކުކޮށް މުއިއްޒު ވިދާޅުވީ، އިދިކޮޅުން މިވޭތުވެ ދިތަ އެތައް ދުވަހެއް ހޭދަ ކުރަމުން އައީ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ މައުސޫމް ބޭފުޅެއްކަން ސާބިތުކޮށް ދިނުމަށް ކަމަށެވެ.

ދިވެހި ގައުމުގެ ގައުމިއްޔަތު ދިފާއު ކުރި ދިވެހި ރައްޔިތުން އުފަން މި ރަށަށް ހިދުމަތްތައް ސަރުކާރުން ފޯރުކޮށްދޭން ޖެހޭއިރު ފަސް އަހަރު ނިމިގެން ދަނީ އެކަންކަން ނުކުރެވިކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު އިދިކޮޅުގެ ސަރުކާރެއް ގާއިމު ކުރެވިއްޖެ ނަމަ

މިހާރު ވެސް އުތީމުގައި އޮތީ މުއިއްޒު ވިދާޅުވީ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރި ބަނދަރެކެވެ. ޒަމާނާއި އެއްގޮތަށް ބަދަލުތައް ގެންނަން ޖެހޭއިރު، ބަނދަރުތައް ތަރައްގީ ކުރަން ޖެހެނީ މޫސުމަށް އަންނަ ބަދަލުތަކާއި އެކު ކުރާ އަސަރުތަކަށް ބަލައިކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހަންކަމުން ރަށުގެ ބަނދަރު ފުން ކުރުމާއި އެކު ފައިކަށި ބޮޑު ކުރާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ސިއްހީ ނިޒާމަށް އިސްކަން ދިނުމަކީ ރައްޔިތުންގެ އެންމެ ބޮޑު އާދޭސްކަމަށްވާއިރު، ފަރުވާތައް އިތުރަށް ހަރުދަނާކޮށް ހިލޭ އެ އިންތިޒާމުތައް ހަމަޖައްސަާނެކަމަށް މުއިއްޒު ވައުދުވި އެވެ. އެގޮތުން މުއިއްޒު ވިދާޅުވީ ނިޒާމުގެ ތެރެއިން ބޯން މެރޯ ޓްރާންސްޕްލާންޓް ހިލޭ ކުރެވޭނެ ގޮތް އޭނާގެ ވެރިކަމެއްގައި ހަމަޖައްސާނެ ކަމަށެވެ.

އުތީމަށް އިތުރު ވައުދައްވެ މުއިއްޒު ދެން ފާހަގަކުރެއްވީ، އޭޓީއެމްއެއް ބެހެއްޓުމެވެ. އަދި މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އިންތިހާބުގެ ވޯޓާއި ދެމެދު ބާކީ އޮތީ މަދު ދުވަހެއްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ބާކީ އޮތް 25 ވަރަކަށް ދުވަސްކަމުން ހުރިހާ ރަށްތަކަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. އެކަމަކު އެއީ އެއްވެސް ހާލަތެއްގައި ބާކީ ކުރުން ނޫންކަމަށާއި، އެ ރައްޔިތުން އެދޭ ކަންކަން ހުށަހެޅުމުން ސިޔާސަތުތަކުގައި ހިމަނައި ކުރިޔަށް ދެވޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް މެނިފެސްޓޯ އެކުލަވާލުމަށް ޓީމުތަކުން ހަރަކާތްތެރިވާނެކަން މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ތަކުރާރުކޮށް އެދިވަޑައިގަތީ، ރައްޔިތުން މާޔޫސް ނުވުމަށާއި ވޯޓުން މި ސަރުކާރު ބަލި ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: