ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަން ނަހަދާނެކަމަށް ބުނާ މީހުންނާއި އެކު މަސައްކަތް ކުރަން ޝައުގެއް ވެސް ނެތް: އަދުރޭ

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ / ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް/ޕީއެންސީ އާއި އެކު ކޯލިޝަން ހެދުމަށް ބޭނުން ނުވާކަމަށް އަޑުހަރުކޮށް ގޮވަމުން ދާ ބޭފުޅުންނާ އެކު މަސައްކަތް ކުރުމުގެ ޝައުގެއް ނެތްކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ބައްދަލުވުމުގަ އެވެ. އުތުރަށް ކުރައްވާ ދަތުރުފުޅުގައި މުއިއްޒު ވަނީ އުފަން ރަށްކަމަށް ވާ ހއ. ވަށަފަރަށް ވަޑައިގެންފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރަށުގެ ރައްޔިތުންނޭ އެއްގޮތަށް، އޭނާ ވެސް ވަށަފަރުގެ ބޭފުޅަކު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާތީ އެކަމާ ނުހަނު އުފާވެ، ފަހުރުވެރިވާ ކަމަށެވެ. އަންނަ މަހުގެ 09 ގައި ބާއްވާ އިންތިހާބު ކާމިޔާބު ކުރާނީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އެންމެން އެކީ ގުޅިގެން ކުރާ މަސައްކަތުގެ ދަށުން އެއްބުރުންނެވެ. އެހެންކަމުން، ޕީޕީއެމް/ޕީއެންސީ އާއި އެކު ކޯލިޝަން ހެދުމަށް ބޭނުން ނުވާކަމަށް އަޑުހަރުކޮށް ގޮވަމުން ދާ ބޭފުޅުންނާ އެކު މަސައްކަތް ކުރުމުގެ ޝައުގެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޯލިޝަނަށް ޝައުގުވެރިކަމެއް ނެތްކަމަށް ވިދާޅުވާ ސަބަބަކީ، އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުން ކޯލިޝަން ސަރުކާރުތަކާއި މެދު އިންތިހާއަށް ހިތްހަމަނުޖެހިފައި ތިބުމެވެ. އަދި މި ސަރުކާރުން ކޯލިޝަނެއް ހަދައި، ބައި ބޮޑު ކުރީ ވެސް ވައްކަންކޮށް އޭގެއިން އެކަކު އަނެކަކަށް މަންފާ ނެންގެވުމުގެ ބޭނުމުގައިކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ.

އެހެންވެ އަބްދުއްރަހީމް ވިދާޅުވީ މި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ވެރިކަމަށް އަންނާނީ އިދިކޮޅުންނެވެ. އަމިއްލަ އެެދުމާއިގެން މަސައްކަތް ކުރާ އެއްވެސް މީހަކު އިދިކޮޅުގައި ނެތްއިރު، ރައީށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކުރު ފަސް އަހަރުގެ ތެރޭގައި ބޮޑެތި ތަރައްގީތައް ނުގެނެވުނީސްކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ދާ ކޮންމެ ރަށަކުން ވެސް ދައްކަނީ ރައީސް ޔާމީނުގެ ތަރައްގީގެ ވާހަކަތައް ކަމަށެވެ. އެކަމަކު އެކަމާ މެދު ސަރުކާރުން ސުވާލު އުފައްދައި، އެއީ މި ސަރުކާރުގެ މަސައްކަތްކަމަށް ދައްކަން އުޅޭނަމަ ހުރިހާ ތަފްސީލުތައް ލިޔެކިއުމެއްގެ ސިފައިގައި ފޮނުވުވުމަށް ތައްޔާރުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ވައުދެއްގެ ގޮތުގައި ހިމަނައި، ބޮޑެތި ލޯނުތައް ނަގާފައިވާ ތިލަމާލެ ބްރިޖަށް އަމާޒުކޮށް އަބްދުއްރަހީމް ވިދާޅުވީ ގަބޫލު ކުރަންވީ ހަގީގަތަކީ އެއީ ކޮންމެ ކޮންމެ ބަޔަކަށް ކުރެވޭނެ ކަމެއް ނޫންކަމެވެ. މާލެ، ހުޅުމާލެ، އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގުޅުވާލި ބްރިޖުގެ އެއް މޭސްތެރިއަކީ މުއިއްޒުކަމަށާއި، އެ އިލްމާއި ހުނަރު އަދި މެނޭޖު ކުރުމުގެ ގާބިލުކަން މި ސަރުކާރުގެ ނުހުންނާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ވާހަކަ ނިންމާލަމުން އަބްދުއްރަހީމް އެދިވަޑައިގަތީ އިދިކޮޅުން ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީ، ވޯޓުން މި ސަރުކާރު ބަލި ކުރުމަށެވެ. އަދި ރައްޔިތުން އެދޭ ތަރައްގީއާއި އެކު ކުރިޔަށް ދިއުމަށެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: