ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބާދިއަށް ބަލައިގެން ތަފާތު ކުރުން ނުގެންގުޅޭނެކަމަށް މުއިއްޒު ވިދާޅުވެއްޖެ

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގެ އާބާދީއަށް ބަލައިގެން އެރަށްރަށުގެ ރައްޔިތުންގެ މެދުގައި ތަފާތުކުރުން ނުގެންގުޅުއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ހއ. އަދި ހދ. ގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިހަވަންދޫގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުޢިއްޒު ވިދާޅުވީ ތަރައްގީ ގެނެސްދޭނީ ތަރަގީގެ ފިކުރުގެ މީހުން ކަމަށެވެ. މިއާއިއެކު ވިދާޅުވީ އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ތަރައްގީ ހާސިލްކޮށްދެއްވާނެ ކަމަށެވެ. އަދި އެހެން ރަށްތަކަކީވެސް އެއީ އާބާދީގެ ގޮތުން އެކި އަދަދުތަކުގެ މީހުންއުޅެ ރަށްތައް ވިޔަސް ހަމަހަމަ ރައްޔިތުން ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ރައްޔިތުން ކަމަށްވާއިރު، ކޮންމެ ރަށެއްގައި އުޅުންނަމަވެސް އެރަށަކަށް ބޭނުންވާ ކަންތައްތައް ހާސިލްކޮށްދެވެންވާނެކަމަށެވެ.

އެހެން ރަށްތަކަކީވެސް އެއީ އާބާދީގެ ގޮތުން އެކި އަދަދުތަކުގެ މީހުންއުޅެ ރަށްތައް ވިޔަސް ހަމަހަމަ ރައްޔިތުން، ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ރައްޔިތުން. އެހެންވީމަ ކޮންމެ ރަށެއްގައި އުޅުންނަމަވެސް އެރަށަކަށް ބޭނުންވާ ކަންތައްތައް ހާސިލްކޮށްދެވެންވާނެ. އެއީ 100 މީހުންވިޔަސް 200 މީހުން ވިޔަސް 3 ހާސް، 4 ހާސް، 10 ހާސް މީހުން ވިޔަސް، ހަމަހަމަވާނެ. އެހެންވީމަ އެރައްޔިތުންނަށް އެރަށެއްގައި ދިރިއުޅުމަށް ކޮށްދޭންޖެހޭ ކަންކަން ސަރުކާރަކުން ކޮށްދޭން ވާނެ.

ތަކުރާރުކޮށް މުއިއްޒު ވިދާޅުވީ ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމާއި، ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ހުރިހާ ދިވެހި ރައްޔިތުންނަކީ ވެސް އެ ރައްޔިތުންނަށްޓަކާ ސަރުކާރުން ކަންކަން ފަހިކޮށްދޭން ޖެހޭނެ ބައެއްކަމަށެވެ.

ރިޔާސީ ކެމްޕޭނުކުރަން ލިބުނީ ކުޑަ ދުވަސްކޮޅެއް ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ހުރިހާ ރަށްރަށަށް ނުދެވުނަސް ޕޯޑިއަމްތަކުގައި އިޢުލާނުކުރަމުން ދަނީ ވަކި ރަށަކަށް ހާއްސަ ކަންކަމެއްނޫން ކަމާއި، އެއީ ހުރިހާ ރަށަކަށްވެސް ހުރިހާ ރައްޔިތުންނަށްވެސް ހާއްސަ ކަންތައްތައް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: