ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ވައުދު؛ ތެލެސީމިއާ ކުދިންނަށް ހިލޭ ބޯންމެރޯ ހަދައިދިނުން

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ތެލެސީމިއާ ކުދިންނަށް ދެމެހެއްޓެނިވި ގޮތެއްގައި، ހިލޭ ބޯންމެރޯ ހެދޭނެ ގޮތް ހަމަޖައްސައިދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ އަތޮޅު ތެރޭ ކެމްޕެއިން ބައްދަލުވުންތަކުގައި މުއިއްޒު ގެންދަވަނީ ސިޔާސަތުތަކާއި ގުޅުން ހުރި ވައުދުތައް ވެވަޑައިގަންނަވަމުންނެވެ. އަދި ދާއިރާތަކުގެ ރައްޔިތުން ހުށަހަޅާފައިވާ ކަންބޮޑުވުންތައް، ހައްލު ގެނެސްދޭނެކަމަށް ވައުދުވެވަޑައިގަތެވެ.

ތިލަދުންމަތީ ދަތުރުގައި މިއަދު ހއ. އުތީމަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ރާއްޖޭގައި އަދިވެސް އޮތީ އެންމެ ރަނގަޅު އެކަށީގެންވާ ހާލަތެއްގައި ނޫން ކަމަށެވެ. ބޭސްފަރުވާއަށް ރާއްޖޭގެ ރަށްތަކުގެ ރައްޔިތުން ޖެހިގެން އޮތް އަތޮޅަށް ގަދަ ކަނޑެއްގައި ދަތުރުކޮށްފައި ހަފްތާއަކު އެއްފަހަރު ދާން ޖެހުން އެއީ އިންސާފެއް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ. މިފަދަ އަސާސީ އެއްވެސް ހިދުމަތަކީ އެއީ ރައްޔިތުން ސަލާން ޖަހައި އާދޭސް ކުރަން ޖެހޭ ހިދުމަތަކަށް ވުރެ ބޮޑަށް ސަރުކާރުން ހަރުދަނާކަމާއި އެކު ފޯރުކޮށްދޭން ޖެހޭ ނިޒާމެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖަހަން ނުޖެހޭނެކަމަށާއި، ބޮޑު ހޭދައެއްކޮށް ކުރަން ޖެހޭ ސިއްހީ ސިރިއަސް ފަރުވާތަކަށް އާއިލާއަށް އިތުރު ތަކުލީފެއް ނުޖައްސައި ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން މުއިއްޒު ފާހަގަކުރެއްވީ ރާއްޖޭގައި ތެލެސީމިއާ ކުދިން ގިނަ އިރު އެ ކުދިންގެ ފަރުވާ ހަރުދަނާ ގޮތެއްގައި ހަމަޖެއްސުމުގެ މުހިންމުކަމެވެ. އެއާއި އެކު ދެން މުއިއްޒު ވިދާޅުވީ ރައީށް ޔާމީންގެ ސަރުކާރުގައި ޒަކާތު ފަންޑުގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓުގެ ހިދުމަތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުރެވުނު ކަމަށެވެ.

ތެލެސީމިއާ ކުދިންނަށް ރައީސް ޔާމިންގެ ދައުރުގައި ޒަކާތު ފަންޑު ތެރެއިން ބޯންމެރޯ ހަދައިދެއްވި…. އެހެންވީމާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ނިޒާމުގެ ތެރެއިން ސަރުކާރުގެ ހިލޭ އެހީގައި މި ރަށުގައި ހުރި ތެލެސީމިއާ ކުއްޖާއަށް ވެސް ބޯންމެރޯ ކަންތައް ހަމަޖައްސައިދޭނަން….

ހއ. ހދ. ދަތުރުގައި ބައެއް ރައްޔިތުން މުއިއްޒަށް ހުށަހެޅުއްވި ކަންތަކުގެ ތެރޭގައި، އެ ސްކީމް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުން ހިމެނެ އެވެ. މުއިއްޒު ވިދާޅުވީ ކުރީގައި މަސައްކަތް ކުރެވުނު ގޮތަށް، އެ ސްކީމް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ނިޒާމުގެ ތެރެއިން އެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.

މުއިއްޒު ވިދަޅުވީ މުޅި ރާއްޖޭގައި ނިޒާމުގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމުގެ މަސައްކަތް ސަރުކާރުން ހިލޭ ގާއިމުކޮށްދޭނެ ކަމަށެވެ.

މީގެއިތުރުން ވެސް ބައެއް އެހެން ރަށްތަކަށް ކުރެއްވި ދަތުރުގައި މުއިއްޒު ބޭސްފަރުވާގެ ނިޒާމާއި ގުޅުން ހުރި ގިނަ ކަންބޮޑުވުންތައް ފާހަގަކުރެއްވި އެވެ. އަދި ދެއްވީ އެ ކަންކަން ހައްލު ކުރައްވާނެކަމުގެ ޔަގީންކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: