ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިގްބޮސް ސީޒަން 2 އެލްވިޝް ޔާދަވް ކާމިޔާބު ކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ބިގްބޮސް އޯ.ޓީ.ޓީ ސީޒަން 2 ގެ ޔޫޓިއުބަރ އެލްވިޝް ޔާދަވް ކާމިޔާބު ކޮށްފިއެވެ. އޭނާ ވެފައިވަނީ މި ރިއަލިޓީ ޝޯ ކާމިޔާބުކުރި ފުރަތަމަ ވައިލްޑްކާޑް ބައިވެރިޔާއަށެވެ.

އެންމެ މޮޅު ދެ ފައިނަލިސްޓުން ކަމަށްވާ އެލްވިޝް ޔާދަވް އާއި އަބީޝެކް މަލްހާންގެ މެދުގައި ވަރުގަދަ ވާދަވެރިކަމެއް އުފެދުނެވެ. ފައިނަލް ވޯޓަށް ފަހު އެލްވިޝް ޔާދަވް ވަނީ ބިގް ބޮސް އޯޓީޓީ ސީޒަން ދޭއް ކާމިޔާބުކޮށް ބިގްބޮސް ޓްރޮފީ އާއި 25 ލައްކަ ރުޕީސްގެ އިނާމު ހާސިލްކޮށްފައެވެ. ޝޯގެ ރަނަރަޕްއަށް ހޮވިފައިވަނީ އޭނަގެ ޝަހުސިއްޔަތުން ގިނަ ބައެއްގެ ލޯތްބާއި ތައުރީފު ހޯދާފައިވާ އަބީޝެކް އެވެ.

މީގެ ކުރިން މަނީޝާ ރާނީ، ޕޫޖާ ބަޓް، ބޭބިކާ ދުރުވޭ، އަބީޝެކް މަލްހާން އަދި އެލްވިޝް ޔާދަވް ވަނީ ގަދަ 5 ގައި ހިމެނިފަ އެވެ. ޕޫޖާ، ބެބިކާ އަދި މަނީޝާ ބޭރުކުރުމަށްފަހު ފިނާލޭ ރޭސް އޮތީ އަބީޝެކް އާއި އެލްވިޝްގެ މެދުގަ އެވެ. ހޯސްޓް ސަލްމާން ޚާން ބުނީ މިއީ ގަދަ 2 ގެ ފައިނަލިސްޓުންގެ މެދުގައި ވެސް ވަރަށް އުނދަގޫ މުބާރާތެއް ކަމަށެވެ.

ގަދަ 5 ގެ އިތުރުން އަކަންކްޝާ ޕޫރީ، ސައިރަސް ބްރޯޗާ، ޖާދު ހަދީދު، އާލިއާ ސިއްދީގީ، ޕޫނީތު ސުޕަސްޓާ، ފަލަކް ނާޒް، އަވިނާޝް ސަޗްދޭވް، ޕަލަކް ޕޫރްސްވާނީ އަދި ޖިއާ ޝަންކަރު ފަދަ ބައިވެރިން ވެސް މި ޝޯގައި ބައިވެރިވި އެވެ. އާޝިކާ ބާޓިއާ ވެސް މި ޝޯއަށް ވައިލްޑްކާޑަށް ނުކުތް އިރު، ބިގް ބޮސް 16 ގެ ފޭމް އަބުދު ރޮޒިކް ވެސް ވަނީ ހަފުތާތަކެއް ވަންދެން މި ޝޯގައި ބައިވެރިވެފައެވެ. މި ޝޯ ސްޓްރީމްކޮށްފައިވަނީ ޖިއޯ ސިނަމާއިންނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: