ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެކްސްކޮމްއިން ޑެލް ޓެކްނޮލޮޖީސް އާއި ވީއެމް ވެއާ އާއި އެކު ޕާޓްނަރޝިޕް ހަދައިފި

ޕޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މެކްސްކޮމްއިން ޑެލް ޓެކްނޮލޮޖީސް އާއި ވީއެމް ވެއާ އާއި އެކު ޕާޓްނަރޝިޕް ހަދައިފިއެވެ.

މެކްސްކޮމް އިން ޑެލް ޓެކްނޮލޮޖީސް އާއި ވީއެމް ވެއާ އާއިއެކު ބޭއްވި މަލްޓި ވެންޑޯ ޓެކް އިވެންޓު ބާއްވައިފައިވަނީ  އޮގަސްޓު 16 ވަނަ ދުވަހު ހޮޓެލް ޖެންގައެވެ. މި އިވެންޓުގެ ތެރޭގައި އެންމެ ކުރި އަރާފައިވާ ޓެކްނޮލޮޖީ ތަށް ވަނީ ދައްކާލާފައެވެ. މި އިވެންޓުގައި މެކްސްކޮމް އިން ވަނީ ޑެލް ޓެކްނޮލޮޖީސް އާއި އަދި ވީއެމް ވެއަރ އާއި ޕާރޓްނަރޝިޕެއް ހަދައިފައެވެ.

އެ އިވެންޓަކީ މެކްސްކޮމްގެ ކްލައިންޓުންނަށް ޑެލް ބްރޭންޑުގެ ކޮމްޕިއުޓަރު އަދި ނެޓްވޯކިން ޕްރޮޑަކްޓްތަކާއި ވީއެމްވެއާގެ ސޮފްޓްވެއާތަކުގެ އަދާހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ.

މި އިވެންޓުގައި ރާއްޖޭގެ 80 ވުރެ ގިނަ ބޮޑެތި ވިޔަފާރިތަކުން ވަނީ ބައިވެރި ވެފައެވެ. މެކްސްކޮމްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ އަހުމަދު ސިބާހު ވިދާޅުވީ އެ އިވެންޓުގެ ތެރެއިން ޑެލް ޓެކްނޮލޮޖީ އާއި ވީއެމްވެއާގެ އެކްސްޕާޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

ކޮލައިންޓުންގެ އަތުގައި އައުޓްޑޭޓްވެފައި ހުންނަ ޕޮރޮޑަކްޓުތައް ބަދަލުކުރުމަކީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މުހިންމުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސިބާހު ވިދާޅުވީ ފޯރަމް ނިމުމުން ޑެލް ޓެކްނޮލޮޖީ އާއި ވީއެމްވެއާގެ އެކްސްޕާޓުންނާއި އިންޖިނިއަރުންނާ އެކު ކްލައިންޓުންނަށް ވަކި ސެޝަންތަކެއްވެސް ބާއްވާނެ ކަމަށެވެ.

މެކްސްކޮމްގެ މި ފޯރަމް ކުރިއަށްގެންގޮސްފައިވަނީ ބައިވެރިންގެ މެދުގައި ނަގާ ހާއްސަ ލަކީޑްރޯއަކާވެސް އެކީގަ އެވެ. އެ ލަކީ ޑްރޯގެ އެއްވަނަ އިނާމަކަށް ހުއާވޭ ލެޕްޓޮޕެއް ކަނޑައަޅާފައިވާއިރު ދެވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ ހުއާވޭ ސްމާޓް ގަޑި އެކެވެ. އަދި ތިންވަނަ އިނާމަކަށް ކަނޑައަޅާފައި ވަނީ ”ހުއާވޭ ބަޑް“ ހެޑްސެޓެކެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: