ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެކްސްކޮމްއަށް ހުވާވެއި އަލްޓިމެޓް އަދި ވޮޗް ޖީޓީ4 ގެނެސްފި

ހުވާވެއި އަލްޓިމެޓް އަދި ޖީޓީ4: ފޮޓޯ/ މެކްސްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުވާވެއި އިން މި އަހަރުގެ ތެރޭގައި ލޯންޗުކޮށްފައިވާ ޑައިވިންގް އަށް ބޭނުންކުރެވޭ ސްމާޓު ވޮޗުކަމަށްވާ ހުވާވެއި އަލްޓިމެޓް މެކްސްކޮމް ޓެކްނޮލޮޖީސްއަށް ގެނެސްފިއެވެ.

މެކްސްކޮމްއިން އަލަށް ވިއްކަން ފައްޓާފައިވާ ހުވާވެއި އަލްޓިމެޓްއަކީ 100 މީޓަރާއި ހިސާބަށް ބޭނުންކުރެވޭ ފުރަތަމަ ސްމާޓުވޮޗްއެވެ. މި ގަޑިއަކީ ޑައިވިންގް ކުރުމަށް ބޭނުންކުރާ ތަކެތި އުފެއްދުމުގައި ގެންގުޅޭ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގަޑިއެއްކަމަށާއި ޑައިވްކުރުމުގެ ތެރެއިން ގައިޑެންސް ދިނުން ފަދަ ބައެއް ކަންކަންވެސް ކުރެވޭކަމަށް ހުވާވެއި އިން ހިއްސާކޮށްފައިވެއެވެ.

މެކްސްކޮމްއިން ހާމަކުރާގޮތުން މި ގަޑީގެ ބެޓަރި ލައިފްއަކީ ދެ ހަފްތާއެެވެ. އަދި މި ގަޑީގައި އެކްސަލަރޯ މީޓަރު ސެންސަރަކާއި ޖައިރަސްކޯޕް ސެންސަރެއްގެ އިތުރުން މެގްނެޓޯމީޓަރ ސެންސަރެއްވެސް ހިމެނޭއިރު، މީހާގެ ވިންދު އަންގައިދޭނެ ވަސީލަތްތަކާއި ބެރޯމީޓަރ ސެންސަރާއި ޓެމްޕަރޭޗާ ސެންސާއެއް އިތުުރުން ޑެޕްތް ސެންސަރެއްވެސް ހިމެނޭނެކަމަށް ބުނެފައިވެއެވެ.

މެކްސްކޮމް އިން ބުނެފައިވާގޮތުން، 100 މީޓަރުގެ ވޯޓަރ ރެސިސްޓެންސްއެއް ހުރިކަމަށް އަންގައިދޭ އައިއެސްއޯ 22810:2010 ސްޓޭންޑަޑަށް މި ގަޑި ފެތެއެވެ. އަދި އާދައިގެ މަތިން ބޭނުންކުރާނަމަ 14 ދުވަހުގެ މުއްދަތަކަށް އެއް ޗާޖުން ބޭނުންކުރެވޭނެއިރު، ގަދައަށް ބޭނުންކުރުމުންވެސް 8 ދުވަހަށް ޗާޖު ހިފަހައްޓާކަމަށް ބުނެފައިވެއެވެ.

މި ގަޑި ބައްލަވައިގަތުމަށް ބޭނުންވެވަޑައިގަންނަވާ ފަރާތްތަކަށް އެމްއައިބީގެ ފައިނޭންސިންގް އާއި ބީއެމްއެލް ފައިނޭންސްއިން މެދުވެރިކޮށާއި އެސްޓީއޯގެ ސްކީމުތައް މެދުވެރިކޮށްވެސް ބައްލަވައިގަތުމުގެ ފުރުސަތު ފަހިކަމަށްވެސް ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ހުވާވެއި ވޮޗް ޖީޓީ4 46 އެމްއެމްވެސް ލިބެންހުރިކަމަށް މެކްސްކޮމްއިން ބުނެފައިވެއެވެ. މި ގަޑިތަކުގެ ބެޓަރި ހިފެހެއްޓޭ މުއްދަތަކީވެސް 7 ދުވަހާއި 14 ދުވަހާއި ދެމެދުކަމަށާއި މި ގަޑީގައިވެސް އެކްސަލަރޯ މީޓަރު ސެންސަރަކާއި ޖައިރަސްކޯޕް ސެންސަރެއްގެ އިތުރުން މެގްނެޓޯމީޓަރ ސެންސަރެއްވެސް ހިމެނޭއިރު، މީހާގެ ވިންދު އަންގައިދޭނެ ވަސީލަތްތަކާއި ބެރޯމީޓަރ ސެންސަރާއި ޓެމްޕަރޭޗާ ސެންސާއެއް ހިމެނޭނެކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: