ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ގުޅިފައިވާ ރަށްތަކާއި ހުޅުދޫ – މީދޫ ގުޅުވާލުން؛ މުއިއްޒު ވިދާޅުވީ އިތުބާރު ކުރުމަށް

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ގުޅިފައިވާ ރަށްތަކާއި، ހުޅުދޫ – މީދޫ ގުޅުވާލުމަށް ވައުދުވެ، އެކަމުގެ ތަޖުރިބާ ދައްކާފައިވާ ޕާޓީއަކާއި ވެރިކަމަކަށް އިތުބާރު ކުރުމަށް އިދިކޮޅު ޕީޕީއެމް – ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް އައްޑޫއަށް ވަޑައިގެން ރައްޔިތުންނާއި މުއިއްޒު ބައްދަލު ކުރެއްވިއިރު މިރޭ ހިތަދޫގައި ބޮޑު ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުދޫ، މީދޫ ގުޅުވާލުމަކީ ޕީޕީއެމްގެ ވައުދެކެވެ. އަދި މުއިއްޒު ވަނީ އެކަމުގެ ޕްލޭން ކުރެވޭނެ ހަމައެކަނި ބަޔަކީ ޕީޕީއެމް/ޕީއެންސީކަމަށް މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ.

މިރޭގެ ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ، ރޭ ހުޅުމާލޭގެ ފޭސް ދޭއްގައި ބޭއްވި ޖަލްސާގައި ހާމަ ކުރި ގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދާނީ ކޮންމެ މަޝްރޫއަކުން ވެސް ރައްޔިތުންނަށް އޭގެ މަންފާއާއި ފައިދާ ކުރާ ގޮތަށް ކަމަށެވެ. އަދި ސަރުކާރު ހިންގާނީ ނަތީޖާ ނެރުމުގެ އަމާޒާއި އެކު އެ ހިސާބު ޖަހައިގެންކަމަށް މުއިއްޒު ވިދާޅުވި އެވެ.

ދެކުނުގެ ފަތުރުވެރިކަމާއި، އިގްތިސާދީ މައި މަޝްރޫއުއެއްގެ ގޮތުގައި ހުޅުދޫ، މީދޫ އައްޑޫގެ އެހެން ރަށްތަކާއި ބްރިޖަކުން ގުޅުވާލުން މެނިފެސްޓޯގައި ހިމެނޭކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ބްރިޖު އަޅައި އެކަމުގެ ހަގީގީ ކުލަ ފަސް އަހަރުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައްކާފައިވާ ކަމަށެވެ. މިއީ ނެރެވޭނެ ނަތީޖާއެއްކަމަށާއި، ކަންކަން ހާސިލު ކުރެވޭނީ އެކަމުގެ ތަޖުރިބާ ހުރި ސަރުކާރަކަށްކަމުގައި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ބްރިޖުގެ ވައުދަކީ މިއީ ފުރިހަމަ ވާނެ ވައުދެއް ކަމަށާއި، މި ސަރަހައްދުގެ ފަތުރުވެރިކަން ވެސް ގުޅިފައި ވަނީ އެ ޕްލޭނާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ވަޒީފާގެ ޔަގީންކަން ހޯދައިނުދެވޭ ސަރުކާރެއްގެ ބޭނުމެއް ނެތްކަމަށެވެ. މުއިއްޒު ވިދާޅުވީ އައްސޭރި ޓޫރިޒަމްގެ ޔަގީންކަން ހޯދައިދޭކަމަށާއި ސަރުކާރުން ދެމެހެއްޓެނި ގޮތެއްގައި ކުރިޔަށް ގެންދެވޭ މަޝްރޫއަކަށް މި ވިސްނުން ހަދައި 6،000 އެނދު ގާއިމު ކުރައްވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި މިއީ ގާތްގަނޑަކަށް 10،000 ވަޒީފާ އެވެ.

މި ސަރަހައްދުގެ އެހެން އަތޮޅުތަކަށް ފައިދާ ކުރާނެ އެހެން ވަސީލަތަކަށް މީގެ ތެެރެއިން ވަންނާނީ ސީ ޕްލޭން ހަބެއްކަން ފާހަގަށް އޭގެ ސިޔާސަތު މުއިއްޒު ހާމަކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: