ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ދޫކޮށް ސިރާޖުގެ ތާއީދު މުއިއްޒަށް!

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު/ ފޮޓޯ: ސިރާޖު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ދޫކޮށް ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށް ނިންމަވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯޅިހަށް ކުރައްވާ ތާއީދު އަނބުރާ ގެންދަވާނެކަމަށް ބެލެވުނު ސިރާޖު، އެމްޑީޕީގެ ހަރަކާތްތަކާއި ދުރުގައި ހުންނަވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެމްޑީޕީގެ އެތެރޭގައި މައްސަލަތައް އުފެދި، ފެކްޝަންތައް އުފެދުނު ދުވަސްވަރުގައި އެންމެ ފުރަތަމަ ސިރާޖު ތާއީދު ކުރީ އެ ޕާޓީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެކަމަކު މަޖިލީސް މި ދައުރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސަށް ތާއީދު ކުރާކަން ހާމަކުރި އެވެ.

މިއަދު އެމްޑީިޕީން ވަކިވީ ކޮން ސަބަބަކާއި ހުރެކަން ސިރާޖު ހާމައެއް ނުކުރައްވަ އެވެ.

އަންނަ މަހުގެ 09 ގައި ބާއްވާ އިންތިހާބުގައި މުއިއްޒަށް ތާއީދުކޮށް ސިރާޖު ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލ. އަތޮޅުން އެމްޑީޕީ ކުރި ހޯދި ނަމަވެސް މިއިންތިހާބުގައި އެކަން ބަދަލު ކުރައްވާނެ ކަމަށެވެ.

އެމްޑީޕީން ވަކިވުމަށް ފަހު، ދެން ސިރާޖު ޕީޕީއެމާއި ގުޅިވަޑައިގަންނަވާކަން ނުވަތަ ނޫންކަން އަދި ސާފެއް ނޫޏެވެ.

މުއިއްޒަށް ތާއީދު ކުރުމަށް ނިންމިކަން ސިރާޖު ނިންމެވުމުގެ ކުރިޔަށް، އޭނާ އެމްޑީޕީ ދޫކޮށް ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވަން އުޅުއްވާކަމުގެ އަޑުތަކެއް ފެތުރުނެވެ. އެއީ އެމްޑީޕީގެ އެތެރޭގެ ބައެއް ވޯޓުތަކުގައި ދެކޮަޅަށް ވޯޓު ދެއްވުމާއި މަޖިލީހަށް ހުށަހެޅި ރައީސް ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް މައްސަލަ ވެއްދުމަށް ސޮއި ކުރައްވާފައި ނުވާތީ އެވެ.

ސިރާޖު މިވަގުތު މަޖިލީހުގައި ތަމްސީލު ކުރައްވާ ފޮނަދޫ ގޮނޑިއަކީ ޕީޕީއެމްގެ ބޮޑު ތާއީދެއް އޮތް ދާއިރާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: