ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ދޭންވީ ބްރިޖު އެޅޭނެ ބަޔަކަށް: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރައްޔިތުން އިތުބާރު ކުރަންވީ، ފަސް އަހަރުގެ ތެރޭގައި ބްރިޖު އަޅައި އެކަމުގެ ދެއްކި ބަޔަކަށްކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިވަގުތު އައްޑޫއަށް ވަޑައިގެން ހުންނެވި މުއިއްޒުގެ ކެމްޕެއިން ދަތުރުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ހުޅުދޫ – މީދުގެ ބްރިޖު ތަފްސީލަށެވެ. އެގޮތުން ރޭ ހިތަދޫގެ ޖަލްސާގައި ވެސް މުއިއްޒު އެދިވަޑައިގަތީ ރައްޔިތުން އިތުބާރުކޮށް، މީގެ ކުރިން ސިޔާސަތުތައް ތަންފީޒުކޮށް އަމަލީ ގޮތުން ނަތީޖާ ނެރުނު ބަޔަކަށް ފުރުސަތު ދިނުމަށެވެ.

މުއިއްޒު ވިދާޅުވީ އިދިކޮޅުން ވައުދުވަނީ، އެކަމަށް ބޭނުންވާ ދިރާސާތައް ހަދައި ކަރުދާހުގައި އެކަމުގެ ޕްލޭން ހިމަނައިގެން ކަމަށެވެ. އެހެންކަމުން އެއްވެސް ވައުދަކީ އެއީ، ފެންނާން އޮތްހާ ކަންތަކާއި ގުޅުވައި ދައްކާ ވާހަކައެއް ނޫންކަމަށް ވިދާޅުވި އެވެ. އަދި މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އިތުބާރު އަބަދުވެސް އޮންނާނީ، ރައީސް ޔާމީންގެ ވެރިކަމުގައި ދެއްކި ފަދަ ތަރައްގީއަކަށްކަމަށާއި، ބޭނުން ވަނީ އެ ދުވަސް ތަކުރާރުވާން ކަމަށެވެ.

ބްރިޖުގެ ސިޔާސަތާއި ގުޅޭގޮތުން މުއިއްޒު ވިދާޅުވީ، ރައްޔިތުން ނިންމަންވީ ވެރިކަން ދޭނީ ފަސް އަހަރުގެ ތެރޭގައި ވެސް ބްރިޖުގެ ތަނބެއްގެ މަސައްކަން ނިންމާނުލެވުނު ބަޔަކަށް ތޯ ނުވަތަ ފަސް އަހަރުގެ ތެރޭގައި ބްރިޖު އަޅައި އެ ލޯންޗު ކުރި ބަޔަކަށް ތޯ އެވެ.

މަޒާޖީ ރާގެއްގައި މުއިއްޒު ވިދާޅުވީ، މާފަންނުގައި ހުންނަ އޭނާ ދިރިއުޅުއްވާ ގޭގައި ހުންނަވާ ވަގުތު ތިލަމާލެ މަސައްކަތް ކުރިޔަށް ދާގޮތް ފެންނަ ކަމަށެވެ.

މުއިއްޒު ވިދަޅުވީ ތިން ހޮޅި ދަގަނޑު ފިޔަވައި އިތުރު އެއްޗެއް ފެންނަން ނެތް ކަމަށެވެ. އެކަމަކު މިއީ ތަރައްގީ ގެންނަން ޖެހޭ ގޮތެއް ނޫންކަމަށާއި، ސަމާސާ ރާގެއްގައި ދެއްކިޔަސް ބޮޑެތި ހަރަދުތަކާއި ލޯނަށް ފަހު ވެސް އެއްވެސް ވަރަކަށް މަސައްކަތް ކުރިޔަށް ނުދިއުމަކީ ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަ ސީދާ ފެނޭ އަޅުގަނޑާށް، ފަސް އަހަރު ނިމެނީ… ތިން ހޮޅިދަނޑި އެބަހުރި ޖެހިފަ.. އެގޮތަކަށް ނޫން ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ޖެހެނީއެއް، މިއީ ވަރަށް ސީރިއަސް ވާހަކައެއް

މުއިއްޒު ވިދާޅުވީ ބްރިޖުގެ ސިޔާސަތުގެ މައްޗަށް ރައީސް ޔާމީން 2013 ގައި ވާހަކަ ދެއްކެވި ދުވަސްވަރު، އެންމެން ކުރި ސުވާލަކީ މަސައްކަތް ނިންމާލެވޭނެ ތާރީހަކާއި ގުޅޭގޮތުން ކަމަށެވެ. އޭރު ވެސް އެމަނިކުފާނު ސާފުކޮށް ވިދާޅުވީ ފަސް އަހަރުކަމަށާއި، އެ ފަސް އަހަރުގެ ތެރޭގައި އެކަންކޮށް ނިންމެވިކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދިވެހިންގެ އެތައް އުންމީދަކާއި ގުޅިފައިވާ ރައީސް ޔާމީންގެ ތަރައްގީ މިއަދު މިގައުމަށް ބޭނުންވާ ކަމަށެވެ. ސިޔާސަތެއް ނުވަތަ އިހުލާސްތެރިކަމެއް ނެތި ގައުމު ނުހިންގޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: